ސަރުކާރު ކޯލިޝަން އެމްޑީއޭގެ އިސްބޭފުޅެއްގެ އެޕާޓްމެންޓަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަދެއްޖެއެވެ.
ފުލުހުން ބުނީ، ރެހެންދި ފްލެޓްގެ އެޕާޓްމެންޓަށް ފުލުހުން ވަނީ ބަލާ ފާސްކުރުމުގެގެ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.އެ ސަރަހައްދުގައި ހުރި ރާއްޖެއެމްވީގެ ރިޕޯޓަރު ބުނީ ފުލުހުން ފުރަތަމަ ވަދެފައިވަނީ، ބަނގުލަދޭޝްގެ ފަސްޓްސެކްރެޓްރީގެ އެޕާޓްމަންޓްއަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން އެތަނުގައި ނައިބު ރައީސް އަދީބުގެ ގާތް މީހަކު ވެސް ވަނީ ދިރިއުޅެފައެވެ. އެއީ 2015 އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަދީބު ހައްޔަރުކުރުމާއި ހަމައަށެވެ. ނަމަވެސް އަދީބު ހައްޔަރު ކުރުމާއިއެކު އެތަން ވަނީ އޭނާގެ އަތުން އަތުލާ އެގްރީމެންޓް ވެސް ބާތިލްކޮށްފައެވެ.
އެ ސަރަހައްދުގައި ހުރި ރާއްޖެޓީވީގެ ރިޕޯޓަރު ބުނީ، ފުލުހުން އެ އެޕާޓްމެންޓް ބަލާ ފާސްކުރުމަށްފަހު ނުކުމެފައިވަނީ، ހުކުރު ދުވަހުގެރޭ 23.55 ހާއިރުއެވެ. އަދި ފުލުހުން އެ އެޕާޓްމެންޓަށް ވަތް އިރު ގެންގުޅުނު ދަބަސްތަކަކާއި، ފައިލްތަކެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އެ އެޕާޓްމަންޓުން ނެރެފައިނުވާކަމަށް ރިޕޯޓަރު ބުންޏެވެ.
މި ކަމާއި ގުޅޭގޮތުން އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.