ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނަރޖީ، ތޯރިޤު އިބްރާހިމް، މާޝަލް އައިލޭންޑްސްގެ ފޮރިން މިނިސްޓަރ ޖޯން އެމް ސިލްކާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުން ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
މާޝަލް އައިލޭންޑްސް އަކީ ޕެސިފިކް ކަނޑުގައި، އޮސްޓްރޭލިއާގެ އިރު އުތުރަށް ވާގޮތަށް އޮންނަ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެކެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިހާރު ކުރިއަށްދާ އދގެ 72 ވަނަ އާންމު ޖަލްސާގެ ޚަވާސާގައި، ނިއު ޔޯކުގައެވެ.