ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ، އެރިޓްރިއާގެ ފޮރިން މިނިސްޓަރު އުސްމާން މުޙައްމަދު ސަލާހާ ބައްދަލުކުރައްވައިފިއެވެ.
އެރިޓްރިއާއަކީ އެފްރިކާގެ ބައްރުގައި އޮންނަ ކްރިސްޓިއަން އަދި މުސްލިމު އާބާދީ ބޮޑު ޤައުމެކެވެ.
ޝައިނީ އާއި އުސްމާންގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ޤައުމަށް މުހިއްމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ދެޤައުމުގެ އެކުވެރިކަން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިހާރު ކުރިއަށްދާ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ ހަވާސާގައި، ނިއު ޔޯކުގައެވެ.