ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 02:13
ޕްރިންޓް އެންޑް އެޑްވަޓައިޒިން ސަރވިސް ޝޯ
ޕްރިންޓް އެންޑް އެޑްވަޓައިޒިން ސަރވިސް ޝޯ
ފޭސްބުކް
ޓްރޭޑް ޝޯ
ޕްރިންޓް އެންޑް އެޑްވަޓައިޒިންގ ސަރވިސް ޝޯ ފަށައިފި
މިއީ ތިން ދުވަހަށް ކުރިއަށްދާ ޓްރޭޑް ޝޯ އެއް
ޝޯ ކުރިއަށްދަނީ އަރޓް ގެލެރީގައި
ގިނަ އަދަދެއްގެ ކުންފުނިތަކުން މި ޝޯގައި ބައިވެރިވޭ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރިންޓް އެންޑް އެޑްވަޓައިޒިންގ ސަރވިސް ޝޯ ފަށައިފި އެވެ.

ހައިރައިޒް އިން އިންތިޒާމުކުރާ މި ޓްރޭޑް ޝޯ ކުރިއަށްދަނީ އާޓް ގެލެރީގަ އެވެ. މި ޝޯގައި ޕްރިންޓް އެންޑް އެޑްވަޓައިޒިންގ  ދައިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވާ އިރު އެ ކުންފުނިންތަކުން ފޯރުކޮށްދޭ ހިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ހައިރައިޒުން ބުނެ އެވެ. މީގެ އިތުރުން ޕްރިންޓް ވިޔަފާރީގައި އުޅޭ ފަރާތްތަކަށް އިތުރަށް ރާއްޖޭގައި މާކެޓް ހޯދާދިނުމަށް މިފަދަ ޝޯއެއްގެ ޒަރިއްޔާއިން އެހީތެރިކަން ލިބިގެންދާނެ ކަމަށް ހައިރައިޒުން ބުނެ އެވެ.މީގެ އިތުރުން ޕްރިންޓް އަދި އެޑްވަޓައިޒިން ދައިރާގެ ކުންފުނިތަކުން އަލަށް މާކެޓަށް ނެރޭ ޕްރޮޑަކްޓްސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ހައިރައިޒުން ބުނެ އެވެ.

މި ޝޯގައި، ރާއްޖޭއަށް ފާހަަގަކޮށްލެވޭ، ކުންފުނިތަކާއި ރިސޯޓްތަކުގެ އިސްވެރިން ވަޑައިގަންނަވާނެ ކަމަށް ހައިރައިޒުން ބުނެ އެވެ. މި ޝޯގެ ތެެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އެ ދައިރާ އަކީ ތަފާތު މައުލޫމާތުތައް، ލީފްލެޓާއި، މެގެޒިން އަދި ވީޑިޔޯގްރަފީ އާއި ފޮޓޯގްރަފީގެ ޒަރިއްޔާއިން ފޯރުކޮށްދޭ ބަޔަކަށް ވާއިރު  އެފަދަ ފާރާތްތަކަށްވެސް ރާއްޖޭގެ ޕްރިންޓް އެންޑް އެޑްވައޓައިޒިން ދައިރާގައި އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއެކު ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ތިބިކަން ދައްކާލުން މުހިއްމު ވާތީ ކަމަށް ހައިރައިޒުން ބުނެ އެވެ.

މި ޓްރޭޑްޝޯގައި އެމް7 ޕްރިންޓަކީ މެއިން ސްޕޮންސަރ އެވެ. މީގެ އިތުރުންވެސް ގިނަ އަދަދެއްގެ ކުންފުނިތަކުން  ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ތިންކް އެޑްވަޓައިޒިންގ އާއި ޕްރިންޓް ލެބް އާއި ޑޮނާޑް އާއި ޗޮޕް އާޓްސްގެ އިތުރުން ސްޓޭޖް ކޯ ފަަދަ ފާހަގަކޮށްލެވޭ ކުންފުނިތަކުން ބައިވެރިވާނެ ކަމަށް ހައިރައިޒުން ބުނެ އެވެ.

މި ޝޯ ސެޕްޓެމްބަރު މަހުގެ 21 ހުން 23 ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް