ބ. ކެންދޫ ފަރަށް އެރި ލޭންޑިން ކްރާފްޓު ފުންކޮށްފި ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ކެންދޫ ކައުންސިލްގެ މެންބަރު އިބްރާހިމް އަބްދުއްރަހްމާނު ވިދާޅުވީ، ލޭންޑިންގް ކްރާފްޓު ފުންކުރުމުގެ މަސައްކަތް ނިމިފައިވަނީ ގާތްގަނޑަކަށް ބުރާސްފަތި ދުވަހުގެ ރޭ 12:15 ހާއިރު ކަމަށެވެ. އަދި މިހާރު ލެންޑިންގް ކްރާފްޓް އެރަށުން ފުރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޭންޑިން ލްރާފްޓް އެރަށު ހުޅަނގު ފަރާތު ފަރަށް އެރީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ލޭންޑިން ކްރާފްޓް ކެންދުއަށް ދިޔައީ ބަންދަރު ހެދުމަށް އެރަށަށް ގެންގޮސްފައި ހުރި އެކްސްކަވޭޓަރު އަނބުރާ ގެންދިއުމަށެވެ.
އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތީ ބަންދު ދެދުވަސް ކަމުން، އަންނަ ހަފްތާގައި ލޭންޑިން ކްރާފްޓް ފަރަށް އެރުމުން އެރަށުގެ ފަރަށް ލިބުނު ގެންލުންތައް ބަލާ ގޮތްތަކެއް ނިންމާނެ ކަމަށެވެ. އެރަށު ފަރުގެ ގާތްގަނޑަކަށް 5000 އަކަފޫޓް ހަލާކުވެފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ފުންކުރުމަށް އެކްސްކަވޭޓަރު ބޭނުން ކުރުމުންވެސް ފަރަށް ބޮޑެތި ގެންލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޭންޑިން ކްރާފްޓުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަންގާފައެއް އަދި ނުވެ އެވެ. ފަރަށް ލިބުނު ގެއްލުންތައް ބަލައި، އުޅަނދު ފަހަރު ޖޫރިމަނާ ކުރަނީ އީޕީއޭއިންނެވެ