އިންޑިއާގެ ޓްރިވެންޑްރަމްގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.
ބުދަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ ސ، ހިތަދޫ ގޯޔާވިލާ، 87 އަހަރުގެ އަބްދުﷲ މަނިކުފާނެވެ.
އޭނާ ފެނިފައިވަނީ ބަސް ސްޓޭޝަނެއްގައި އިންދާ ކަމަށް އަބްދުﷲގެ އާއިލާއިން ބުނެއެވެ. އޭނާ ހޯދުމުގައި އެހީތެރިވެދީފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިންޑިއާގެ ރައްޓެއްސެއް މެދުވެރިކޮށް، އޭނާ ގެއްލުނު ވަގުތުން ފެށިގެން ހޯދަމުން ދަނިކޮށް ކަމަށް އާއިލާއިން ބުނެއެވެ.
އަބްދުﷲ ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް އާއިލާއިން ބުނެއެވެ.
އަބްދުﷲ ގެއްލިގެން އާއިލާއިން ހޯދަންފެށީ ގެސްޓްހައުސްގެ ދޮރުމައްޗަށް ޖެހިލާފައި އެބައަންނަމޭ ބުނެފައި ދިޔަފަހުން ޚަބަރެއް ނުވުމުން ކަމަށް އާއިލާއިން ބުނެއެވެ.
އޭނާ ބުނީ އަބްދުﷲ ގެއްލިގެން ހޯދަންފެށީ ބުދަ ދުވަހުގެ ރޭ 19:00 ހާއިރުން ފެށިގެންނެވެ.