މާލޭގެ ކުނީގެ މައްސަލައަކީ ޒަމާނުއްސުރެ ފެށިގެން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެ މައްސަލަ އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލޭގެ ގޭގެއިން ކުނި އުކައި ދިނުމަށްޓަކައި ވޭސްޓް މެނޭޖްމެންޓް ކޯޕްރޭޝަ {ވެމްކޯ) ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް ހަދާ ގޭގޭއިން ކުނި އުކައި ދިނުމުގެ މަސައްކަތް ފެށިއެވެ.
ވެމްކޯއިން އެ މަސައްކަތް ފެށީ ކުނި އުކުމަށް ބޭނުން ކުރާ ވެހިކަލްތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ފަހުއެވެ. އެގޮތުން ކުނި އުކުމަށް ބޭނުން ކުރާ ވެހެކަލްތަކުން ކުނީގެ ވަސް މުޅި ސަރަހަށްދަށް ނުފެތުރޭ ގޮތަށް ހަދާ މަގުމަށްޗަށް ކުނި ނޭޅޭ ގޮތަށް ވެހިކަލްތައް ވަނީ ހަދާފައެވެ. އެކަމުގެ ސަބަަބުން މުޅި ރަށުތެރެއަށް ކުނީގެ ވަސް ފެތުރުން ވަަރށް ބޮޑަށް ހައްލުވެގެން ދިޔައެވެ.
ކޮންމެއަކަސް ކުނި އުކުމަށް ގެންގުޅޭ ވެހިކަލްތަކުގެ ސަލާމަތީ ކަންކަން ވެންކޯ އިން ކަށަވަރު ކޮށްފައިވާ ފަދައިން ކުނި އުކައި ދިނުމުގެ މަސައްކަތް ކުރާ ވެމްކޯގެ މުވައްޒަފުންގެ ސަލާމަތީކަންކަން ވެސް ވެމްކޯއިން މި ވަނީ ކަށަވަރު ކުރަން ޖެހިފައެވެ. ސަބަބަުތަކެއް ނެތިއެއް ނޫނެވެ. މާލޭގެ ގެ އަކުން ކުނި ނެގުމަށް ދިޔަ ވެމްކޯގެ މުވައްޒަފަކަށް ގުރޫޕަކުން މި ވަނީ ހަމަލާދީފައެވެ.
ވެމްކޯގެ މުވައްޒަފަކަށް ގުރޫޕަކުން ހަމަލާދީފައި ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ފުލުހުންގެ މީޑިއާ އޮިފިޝަލް ވިދާޅުވި ގޮތުގައި ވެމްކޯގެ މުވައްޒަފަށް ގުރޫޕަކުން ހަމަލާ ދީފައި ވަނީ މަންޗަންގޯޅީ އެނބޫގޯޅީގައި ހުންނަ ގެއަކުން ކުނި ނަގައިގެން ދިޔަ މަގުމަތީގައެވެ. އަދި އެކަން ހިނގާފައި ވަނީ އެ ރޭގެ 12:30 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮިފިޝަލް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ވެމްކޯގެ މުއައްޒަފަށް ގުރޫޕަކުން ހަމަލާ ދީފައި ވަނީ ލަކުޑު ބުރިއާއި ދަނގަނޑު ބުރި ބޭނުން ކޮށްގެނެވެ. އެގޮތަށް ހަމަލާ ދިނުމުގެ ސަބަބުން އެމީހާގެ ބޮލުގެ ފުށް ކިބައިން ބައެއް ފަޅައިގެން ގޮސްފައިވާ އިރު އެ މީހާގެ ވަ އަތް ބިންދައިގެން ގޮސްފައިވާކަން ވަނީ އެނގިފައެވެ. އަދި ބުރަކަށްކަޓާއި ގައިގެ އެތަން މިތަނުގައި ލަކުޑި ބުރިތަކާއި ދަގަނޑުތަކުން ތަޅާފައިވާ ތަންތަން ނޫފައިގެން ފައިވާ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. އަދި އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ.
ފުލުހުން ބުނި ގޮތުގައި އެ އިދާރާއިން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮންމެ އަކަސް ރައްޔިތުންނާ މިހާ ބޮޑަސް ގުޅުން ހުރި މަސައްކަތެއް ކުރަމުންދާ ބައެއްގެ ނުވަތަ ޒުވާނުންތަކެއް ސަލާމަތާ ރައްކާތެރިކަން ކަށަވަރު ވެފައި އޮތުމަކީ ވަަރަށް މުހިންމު ކަމެކެވެ. ނޫން ނަމަ ޒުވާނުން މިފަދަ މަސައްކަތުގައި އުޅުމަށް ބިރުގަނެ ރައްޔިތުންނަށް ދެމުން ގެންދާ މިފަދަ މުހިންމު ޚިދުމަތެއް ހުއްޓުމަކަށް އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.