އދ. ތުނޑުފުށި ރިސޯޓުން ސްނޯކްލިންގ އަށް ގޮސްގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔައީ 74 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އޭނާ ފެނުނީ މޫދު އަޑީގައި މަރުވެފައި އޮއްވާ ކަމަށާއި މިހާރު އެސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ތުނޑިފުށި ރިސޯޓުން ސްނޯކްލިންގއަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެއްލިގެން ރިޕޯޓް ކުރީ ބުދަ ދުވަހުގެ 13:15 ހާއިރު ކަމަށެވެ.