އދ. ތުޑުފުށި ރިސޯޓުން ސްނޯކްލިންގ އަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ތުޑިފުށި ރިސޯޓުން ސްނޯކްލިންގއަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެއްލިގެން 13:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ 74 ފިރިހެނެއް ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.