މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހުޅުދެލި ކައިރީގައި އޮންނަ ފަޅަކުން ފެނިގެން ބުދަ ދުވަހުގެ 10:30 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފެނުނު ކަމަށްބުނާ ހަޑިގަނޑުގެ ފޮޓޯއިން ފެންނަ ގޮތުގައި އެމީހާ ލައިގެން އޮތީ ޑައިވް ޝޫޓް ވައްތަރަކަށްދާ ޝޫޓެކެވެ. އަދި ފޮޓޯއިން ފެންނަ ގޮތުގައި އެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް މަދެވެ.
ހަށިގަނޑުގެ ސާމްޕަލެއް ނަގައި ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.