ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 13:29
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ސްކައި ނިއުސް
މެންބަރުންގެ ގޮނޑި ގެއްލުން
މެމްބަރުންގެ ގޮނޑި ނުގެއްލޭ، ބައި-އިލެކްޝަނެއްވެސް ނެތް، މަސީހުގެ އިތުބާރު ނެތްކަމަށް ނަގަންޖެހޭ: ރައީސް ނަޝީދު
ގާނޫނުއަސާސީގައި ބުނަނީ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވާ މެމްބަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު ބުނާގޮތުން ފަސް ދުވަހުގެ ތެރޭ ކުރިމަތިލާން ހުޅުވާލަންޖެހޭ
މިއަދަށް 60 ދުވަސް ވެގެން ދިޔައިރު، ބައި-އިލެކްޝަނަކަށް އިއުލާން ކޮށްފައެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި، ބައި-އިލެކްޝަނެއްވެސް ނެތް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އަހަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ހަތަރު ގޮނޑި ގެއްލުނު ކަމަށްބުނިތާ 60 ދުވަސް ވެއްޖެ ކަމަށެވެ. ބައިި-އިލެކްޝަނެއް ނެތް ކަމަށާއި ގޮނޑު ނުގެއްލޭ ކަމަށެެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ގާނޫނުއަސާސީގެ 78 ވަނަަ މާއްދާގައި ބުނާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވާ މެމްބަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށް ބުނެފައިވީނަމަވެސް، މިހާތަނަށް ބައި-އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަސް ކޮމިޝަނުން އިއުލާނުވެސް ކުރައްވާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ނިންމާފައިވަނީ މިދިއަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަށްފަހު އޭގެފަހުން ވެސް ތިން މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި ވެއެވެ. އެއީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމްގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އެވެ.

މެމްބަރުންގެ ގޮނޑިއާމެދު އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ސުވާލު އުފައްދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް