ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 13:12
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ފަޒީން
ފްލެޓްތަކުގެ މައްސަލަ
ފްލެޓް ލިބިފައިވާ މީހުންގެ މައުލޫމާތު ކޮމެޓީއަށް ގެންނަން ނިންމައިފި
ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބޭނުންވީ މި މައްސަލަ ބޭރުކޮށްލަން
ފްލެޓް ލިބިފައިވާ މީހުންގެ މައުލޫމާތާއި މާކްސްތައް މިމަހުގެ 25 ގެ ކުރިން ކޮމެޓީއަށް ފޮނުވަން އެންގުމަށް ވަނީ ފާސްކޮށް
އަންނަ ހަފްތާގައި ކޮމިޓީގެ ބައްދަލުވުމެއް އޮންނާނެ

ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭ ކަމަށް ހައުސިންގ މިނިސްޓްރީ އާއްމުކޮށްފައިވާ މީހުންގެ މައުލޫމާތާއި މާކްސް ދީފައިވާ ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ފޮނުވުމަށް ހައުސިންގ މިނިސްޓްރު ޑރ ، މުހައްމަދު މުއިއްޒުގެ އަރިހުން އެދުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ ބަދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހުން ނިންމަވާފައި ވަނީ ފްެލެޓް ލިބޭ ކަމަށް ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މީހުންގެ މައުލޫމާތާއި މާކްސް ލިބިފައިވާ ގޮތުގެ ތަފްސީލް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ ކޮމެޓީއަށް ފޮނުވުމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު ވީހާ ވެސް އަވަހަކަށް ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެ ކޮމެޓީގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ ފްލެޓާ ގުޅޭ ޝަކުވާތަކާއި މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މިކަމުގެ ތެރެއަށް ވަންނަން ނުޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީޙުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން 

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ ފްެލެޓާއި ގުޅޭ މައްސަލަތައް އެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ބެލޭނެ ކަމަށާއި ހާއްސަކޮށް، މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލިފައިވާ މިދަނޑިވަޅުގައި ރައްޔިތުންނާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަ މިކޮމެޓީން ނުބަލާ ދޫކޮށްލެވެން ނެތް ކަމަށެވެ.

އެހެންކަމުން ފްލެޓް ލިބޭ ކަމަށް ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މީހުގެ މައުލޫމާތާއި މާކްސް ދީދައިވާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވުމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކޮމެޓީއަށް ހާޒިރު ކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހުށަހެޅުއްވި އެވެ.

ނަމަވެސް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އެ ހުށަހެޅުއްވުން ފަހުން ވަނީ އަނބުރާ ގެންދަވާފަ އެވެ. ޝަރީފް ވިދާޅުވީ އެ ކޮމެޓީގެ ބައްދަލުވުމަށް މެމްބަރުން ހާޒިރުވެ ވަޑައިގެން ތިއްބެވީ ކަމެއް ފާސްކުރެވޭ ގޮަތަކަށް ނޫން ކަމަށެވެ. އެކޮމެޓީގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ ސަރުކާރަށް ނިސްބަތްވާ ފަސް މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަސް މެމްބަރުންނެވެ. ކޮމެޓީގެ ރިޔާސަތުގައި އިންނެވީ ކޮމެޓީގެ މުގައްރިރު، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ.

ޝަރީފް ފަހުން ވަނީ އެމައްސަލަ ކޮމެޓީއަށް ހުށަހެޅި ލިޔުމުގައިވާ މައުލޫމާތު ކަމަށްވާ ފްލެޓް ލިބޭ ކަމަށް ހައުސިންގ މިނިސްޓްރީ ބުނާ މީހުންގެ މައުލޫމާތާއި މާކްސް ދީފައިވާ ގޮތުގެ ތަފްސީލް ލިޔުމުން އެ ކެމެޓީއަށް ފޮނުއްވުމަށް ހައުސިންގ މިނިސްޓްރީގައި ދެއްނެވުމަށެވެ.

ރައްޔިތުންގެ މަޖިލީޙުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން 

ޝަރީފްގެ އެ ހުށަހެޅުއްވުމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވެސް ވަނީ އެއްބަސް ވެލައްވާ އެކަން އެގޮތަށް ކުރެއްވުމަށް ނިންމަވާފަ އެވެ.

ކޮމެޓީ ފެށިގެން ދިޔައިރު ކޮންެމެވެސް ވަރަކަށް ދެބަސްވުންތަކެއް އެފެދިގެން ދިޔަނަމަވެސް ކޮމެޓީގެ މިބައްދަލުވުން މިނިގެންދިޔައީ އެއްބަސްވުމަކަށް އައުމަށްފަހުގަ އެވެ.

އެހެންކަމުން ހައުސިންގ މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ މައުލޫމާތާއި ލިބިފައިވާ މާކްސްތައް ދީފައިވާ ގޮތުގެ ތަފްސީލްތައް މިމަހުގެ 25 ގެ ކުރިން ހައުސިންގ މިނިސްޓްރީ ފޮނުވުމާއެކު އަންނަ ހަފްތާގައި ކޮމެޓީގެ ބައްދަލުވުމެއް ބޭއްވޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ސެޕްޓެންބަރ 2017 | ބުދަ 13:55
Ayya
MINIMUM SHAHHA VAANETO ADIVES MAJILEEHUGE RASEESAKEE MASHEEH KUREEGA MDP MP BUNEFA OTY MASHEEH ITUBAARU NEI KAMUGE VOTE NUNAGAA KURAA KANTAH SHAHHA NIVAANEYE