ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 00:32
ފްލެޓްތަކުގެ ތަފްސީލު ހާމަކުރޭ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުން
ފްލެޓްތަކުގެ ތަފްސީލު ހާމަކުރޭ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުން
އަބުދުﷲ ނަސީރު އިބްރާހިމް
ނާދިރާ
ސަރުކާރުގެ ކަންކަމަށް ފަސްޓް ލޭޑީ އަތްބާނުއްވާކަށް ނުޖެހޭ: ނާދިރާ
ފްލެޓް ލިބުނު އުސޫލު ރައްޔިތުންނަށް ސާފުވަންޖެހޭ
ފްލެޓް ހައްގީ އެންމެ ކައިރީގައި މަސައްކަތް ކުރާ މީހުންނަކަށް ނޫން
ހައުސިން މިނިސްޓްރީއަށް ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި

ސަރުކާރުގެ ކަންކަމަށް ފަސްޓް ލޭޑީ އަތްބާނުއްވަން ޖެހޭނެ އެއްވެސް އުސޫލެއް ގަވައިދެއް ގާނޫނު އަސާސީގައި ނޯންނާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

"ފްލެޓްތަކުގެ ތަފްސީލު ހާމަކުރޭ" މިނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން، ނާދިރާ ވިދާޅުވީ، ޕީޕީއެމްގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ގެދޮރުނެތުމުގެ ނިކަމެތިކަން ފިލުވާލުން ހިމަނާފައިވާ ކަމަށާއި އެހެން ނަމަވެސް، އެ ވައުދު އެންމެ އެކަށީގެންވާ ގޮތަށް ފުއްދޭތަން ނުފެންނަ ކަމަށެވެ. ނާދިރާ ވިދާޅުވީ، 15000 ވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ އިރު، އެރައްޔިތުން ވަރަށް ފޮނި އުންމީދުތަކެއް ފްލެޓް ހޯދުމަށް ކުރާނެ ކަމަށެވެ.

ޕޮއިންޓް ދިން އުސޫލު ރައްޔިތުންނަށް ދޭނެ ކަމަށް ބުނި ނަމަވެސް، އެންމެ ފަހުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފްރެންސްގައި ޕޮއިންޓަށް ބަލައިގެން ފްލެޓް ދީފައިނުވާނެ ކަމަށް ބުނުމަކީ ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

 ޕީޕީއެމްގެ ސަރުކާރަކުން ވެރިކަމަށް އައިސްފާވަނީ އެއްވެސް ވަރަކަށް ރައްޔިތުންނަށް އަނިޔާ ދިނުމަށް ނޫން ކަަމަށާއި ފްލެޓް އެންމެ ބޮޑަށް ހައްގީ ކައިރީގައި އަތްގާތް  ކޮށްދެން އުޅޭ ކުދިންނަށް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓް ހައްގީ، ކުދި ކުދި ކޮޓަރިތަކުގައި ދިރިއުޅޭ އާއިލާތަކާއި ދަފްތަރުގައި ޖެހި އުޅޭނެ ތަނެއް ނެތް ފަރާތްތަކަށް  ކަމަށް ނާދިރާ ވިދާޅުވި އެވެ. ފްލެޓް ދީފައިވާ އުސޫލުތައް ވަރަށް ފުރިހަމައަށް ރައްޔިތުންނަށް ކިޔާދެންޖެހޭ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، މިނިސްޓަރ މުއިއްޒު ކިތަންމެ  ވަރަކަށް ރައްޔިތުންނަށް ގުޅައިގެން މައުލޫމާތު ސާފުކުރިކަމަށް ބުނި ނަމަވެސް އެކަން ގަބޫލު ނުކުރެވޭ ކަމަށެެވެ. އަދި ހަތަރު ވަނަ ފަހަރަށް ގުޅީ މެޑަމް އޮފީހުންކަން ވަރަށް ސާފުކޮށް މިނިސްޓަރުގެ ވާހަަކަފުޅުން  އެނގިލައްވާ  ކަމަށާއި އެ ފޯނު ކޯލުން ފްލެޓް ލިބުނު ފަރާތްތައް ވެސް ޔަގީންވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ފްލެޓް ތަކާ ގުޅިގެން ބޭއްވި ޕްރެސް ކޮންފްރެސްގައި ވެސް ރައްޔިތުންނަށް ކަންތައްތައް އޮޅުންފިލުވާދިނުމުގެ ބަދަލުގައި، ސަރުކާރުން ކުރާ ކަންކަން ރައްޔިތުން ބަލައިގަންނަން ޖެހޭނެ ކަމަށް ދޭހަވާގޮތަށް މިނިސްޓަރ ވާހަަކަ ދައްކަވާފައިވާ  ކަމަށް ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، އެ ޕްރެސް ކޮންފްރެންސްގައި ވެސް މިނިސްޓަރު މުއިއްޒު ފަސްޓް ލޭޑީގެ ވާހަކަ ދައްކަވައި އެކަމަނާއަށް ތައުރީފު ކުރެއްވުމަށް ވަގުތު ހޭދަކުރެއްވުމަކީ އެއްވެސް ހާލެއްގައި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

" ފަސްްޓް ލޭޑީއަކަށް ސަރުކާރުގެ ކަންކަމަށް އަތްބާނަންޖެހޭނެ އެއްވެސް އުސޫލެއް ގަވައިދެއް ނޯންނާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ފަސްޓް ލޭޑީއެއްގެ ވާހަކަ ޕްރެސް ކޮންފްރެންސެއްގައި ދައްކާތަން." ނާދިރާ ވިދާޅުވި އެވެ.

ސަރުކާރުން 7000 ފްލެޓް މިހާރުވެސް އަޅާކަމަށް ސަރުކާރުން ބުނެ ދައްކަނީ ހުވަފެންކަމަށާއި އުމުރު ދުވަހު ކުލި ދައްކައިގެން ރައްޔިތުންގެ ދިރިއުޅުން ހޭދަކުރާ އިރު، ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ފްލެޓް ދެވޭ ގޮތަކީ ހުރިހާ ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިފަހަރު ހިނގާދިޔަ ކަންކަމުން ހައުސިން މިނިސްޓްރީގެ ތެރެއިން އިންސާފުވެރިކަމާ އެކު ފްލެޓް ދޫކުރާނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 ހައުސިން މިނިސްޓްރީން 661 މީހަކަށް ފްލެތް ލިބުނުކަން ހާމަކޮށްފައިވާ އިރު، ހަމައެކަނި ހާމަކޮށްފައިވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ ފޯމު ނަންބަރު އެކަންޏެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
20 ސެޕްޓެންބަރ 2017 | ބުދަ 11:28
މުހަންމަދު
ފަސްޓުލޭޑީއަކައްނުވުމުންޖޭވަނީ
20 ސެޕްޓެންބަރ 2017 | ބުދަ 07:54
ބޮސް
ވެރިމީހާ އެހާ ގާބިލުނުވީމަ ދެންހުރިމީހަކުގެ ސަޕޯޓުވެސް ލިބިގެންދޯ ދަވާލެވޭނީ.