ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 00:56
ހައްޔަރުކޮށްފައިވާ މީހެއް: އަޅުންގެ ގޮތުގައި މީހުން ގެންގުޅޭ
ހައްޔަރުކޮށްފައިވާ މީހެއް: އަޅުންގެ ގޮތުގައި މީހުން ގެންގުޅޭ
އަލްޖަޒީރާ
ދިރާސާ
ޒަމާނީ އަޅުންގެ ގޮތުގައި 40 މިލިއަން މީހުން ދުނިޔޭގައި އެބައުޅޭ: ދިރާސާ
ދުނިޔޭގެ އެތަން މިތަނުގައި ގަދަބާރުން މަސައްކަތް ކުރުވާ 25 މިލިއަން މީހުން ދިރިއުޅޭ
ޖުމްލަ 15 މިލިއަން މީހުން ގަދަކަމުން ކައިވެނި ކުރުވައިގެން އުޅޭކަން މިދިޔަ އަހަރު ފާހަގަ ކުރެވިފައިވޭ
ޒަމާނީ އަޅުންގެ ގޮތުގައި ފާހަގަ ކުރެވުނު 40 މިލިއަން މީހުންގެ ތެރެއިން 71 ޕަސެންޓް ނުވަތަ 29 މިލިއަން މީހުންނަކީ އަންހެނުންނާއި ކުޑަ އަންހެން ކުދިން

ޒަމާނީ އަޅުންގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދުނިޔޭގައި 40 މިލިއަން މީހުން އެބަ އުޅޭ ކަމަށާއި އޭގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި އަންހެން ކުދިން ކަމަށް ދިރާސާ ރިޕޯޓަކުން ދައްކައިފިއެވެ.

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ)އާއި ވޯކް ފްރީ ފައުންޑޭޝަން އަދި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި އޯ އެމް) ގުޅިގެން ހަދާފައިވާ މިދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގެ އެތަން މިތަނުގައި ގަދަބާރުން މަސައްކަތް ކުރުވާ 25 މިލިއަން މީހުން ދިރިއުޅެއެވެ. އަދި 15 މިލިއަން މީހުން ގަދަކަމުން ކައިވެނި ކުރުވައިގެން އުޅޭކަން މިދިޔަ އަހަރު ފާހަގަ ކުރެވިފައިވެއެވެ..

ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި ޒަމާނީ އަޅުންގެ ގޮތުގައި ފާހަގަ ކުރެވުނު 40 މިލިއަން މީހުންގެ ތެރެއިން 71 ޕަސެންޓް ނުވަތަ 29 މިލިއަން މީހުންނަކީ އަންހެނުންނާއި ކުޑަ އަންހެން ކުދިންނެވެ.

މިއަހަރު އދ ޖެނެރަލް އެސެމްބްލީގައި އިއުލާންކުރި ލަފާކުރުންތަކަށް ބަލާއިރު 5 އަހަރާއި 17 އަހަރުން ދަށުގެ 152 މިލއަން ކުޑަކުދިންނަކީ އެކުދިން ލައްވާ މަސައްކަތް ކުރުވާ ކުދިންނެވެ. ރިޕޯޓް އެކުލަވާލުމަށް ކުރެވުނު ދިރާސާގައި ސުވާލު ކުރެވުނު ޒަމާނީ އަޅުވެތިކަމުގައި އުޅޭ ކުދިންގެ ތެރެއިން ކޮންމެ 4 މީހުންގެ ތެރެއިން އެކަކީ ކުޑަކުއްޖެކެވެ.

ދިރާސާއިން ދައްކާ ގޮތުގައި ގަދަކަމުން މަސައްކަތް ކުރުވާ އަންހެނުންގެ 99 ޕަސެންޓް މީހުންނަކީ އެމީހުން ލައްވާ ހަށިވިއްކުމުގެ ވިޔަފާރި ކުރުވާ މީހުންނެވެ. އަދި 84 ޕަސެންޓް މީހުންނަކީ ގަދަކަމުން ކައިވެނި ކުރުވައިގެން އުޅޭ މީހުންން ކަމަށްވެސް މިދިޔަ އަހަރު ކުރެވުނު މިދިރާސާއިން ދައްކައެވެ.

ދިރާސާއަށް ބަލާއިރު މަސައްކަތް ކުރުވާ ކުޑަކުދިންގެ ތެރެއިން 70.9 ޕަސެންޓް ކުދިން މަސައްކަތް ކުރަނީ ދަނޑުވެރިކަމުގެ އިންޑަސްޓްރީގައެވެ. ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކު މަސައްކަތް ކުރަނީ ޚިދުމަތް ދިނުމުގެ އިންޑަސްޓްރީގައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް