ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ހުޅުވާލި ފަންޑަށް ފައިސާގެ އެހީ ޖަމާކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ދިވެހި ރެޑް ކްެރިސެންޓުން ބުނީ މިޔަންމާގެ ރަޚައިނު ސްޓޭޓް އިން ބަންގްލަދޭޝްއަށް ހިޖުރަ ކުރަމުންދާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން މިމަހުގެ 6 ވަނަ ދުވަހުން 20 ވަނަ ދުވަހުގެ ނިއަލަށް ފަންޑެއް ގާއިމްކޮށް ފައިސާ ޖަމާކުރުމަށް ހުޅުވާލި ކަމަށެެވެ. އެހެން ނަމަވެސް އެކި ފަރާތްތަކުން ފަންޑަށް ފައިސާ ޖަމާކުރަމުން ދިއުމާއި ރައްޔިތުންގެ ބޮޑު ތަރުހީބެއް މި ފަންޑަށް ލިބެމުން ދާތީ 29 ސެޕްޓެމްބަރުގެ ނިއަލަަށް ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް ހުޅުވާލާފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެ އެވެ.
ރެޑް ކްރެސެންޓުން މިފަދަ ފަންޑެއް އެކުލަވާލާފައި ވަނީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީއިން އެމަރޖެންސީ އެހީއަށް އެދުމާ ގުޅިގެން އެކަމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.