ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 18:51
ހުޅުމާލެ އިން ފެނިފައިވާ މަސްތުވާތަކެތި:- މި މައްސަލާގައި އަންހެނަކާއި ފިރިހެނެއްް ހައްޔަރުކޮށްފައިވޭ
ހުޅުމާލެ އިން ފެނިފައިވާ މަސްތުވާތަކެތި:- މި މައްސަލާގައި އަންހެނަކާއި ފިރިހެނެއްް ހައްޔަރުކޮށްފައިވޭ
މުރުޝިދް އަބްދުލް ހަކީީމް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން އަންހެނަކާއި ފިރިހެނެއް ހައްޔަރުކޮށްފި
ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެއް
އެ ދެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ

މަސްތުވާތަކެއްޗާއެކު ހުޅުމާލެ އިން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

 

ފުލުހުން ބުނެފައިވަނީ ފުލުހުން  ހިންގި އޮޕަރޭޝަނެއްގައި 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުން މި އޮޕަރޭޝަނަކީ ހުޅުމާލޭގައި މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގާފައިވާ އޮޕަރޭޝަނެކެވެ. 

 

ފުލުހުންގެ އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި، މި މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި  އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެދަށުން، އެ މީހުން ތިބި ފުލެޓްގެ އެޕާޓްމަންޓަށް ގޮސް ދޮރުގައި ޓަކިޖަހައި ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށް ދޮރުހުޅުވައި ގެންނެވެ.

 

އަދި އެމީހުން ތިބިތަން ބަލާ ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 12 ފިލްމު ހުސްކުރި ދަޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

 

އެމީހުން ހައްޔަރު ކުރުމަށް ފަހު ބަންދާމެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްދީފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް