ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 18:39
ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިން ކްރިމިނަލް ކޯޓަށް ވަންނަނީ:ފުލުހުން ހަމަލާދިން މައްސަލަ ވަނީ އެޗްއާރްސީއެމަށް ހުށަހަޅާފައި
ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިން ކްރިމިނަލް ކޯޓަށް ވަންނަނީ:ފުލުހުން ހަމަލާދިން މައްސަލަ ވަނީ އެޗްއާރްސީއެމަށް ހުށަހަޅާފައި
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ
ރާއްޖެޓީވީގެ ނޫސްވެރިންނަށް ފުލުހުން ހަމަލާދިން މައްސަލައިގާ 4 ނޫސްވެރިއެއްގެ ބަޔާން އެޗްއާރސީއެމުން ނަގަނީ
ބަޔާންނަގަން ހާޒިރު ކުރަނީ ރާއްޖެ ޓީވީން ހުށަހެޅި މައްސަލައެއްގައި
ހާޒިރު ކުރަނީ މިމަހުގެ 24 ވަނަ ދުވަހު
މިއީ ފުލުހުން އަނިޔާކޮށްފައިވާތީ އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް

ރާއްޖެޓީވީގެ ނޫސްވެރިން ތަކަކަށް ފުލުހުން ދިން ހަމަލާއަކާއި ގުޅިގެން ރާއްޖެ ޓީވީން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރސީއެމް) އަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިއެއްގެ ބަޔާން ނެގުމަށް އެކޮމިޝަނުން ނިންމައިފިއެވެ.

އެޗްއާރްސީއެމުން ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު ރާއްޖެ ޓީވީގެ 3 ނޫސްވެރިއަކާއި އިތުރު ބައެއް ސްޓޭޝަންތަކުގެ ނޫސްވެރިން، ނޫސްވެރިކަން އަންގައިދޭ ކާޑުއަޅައިގެން އެމްޑީޕީ ހަރުގެ ތެރޭގައި ތިއްބާ އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެތަނަށްވަދެ ނޫސްވެރިންގެ ތަކެއްޗަށް ގެއްލުންދީ ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ އެންޓި ޓޯޗަރ ޤާނޫންގެ ދަށުން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން 4 ނޫސްވެރިއެއްގެ ބަޔާން ނަގަން ބޭނުންވާ ކަމަށެވެ.

އެމައްސަލައާއި ގުޅިގެން ބަޔާން ނެގުމަށް އެދިފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ޢަބްދުﷲ ނަސީރާއި ޢަލީ ޔޫސުފް އަދި އަހުމަދު މަމްދޫހުގެ ބަޔާނެއް ނެގުމަށެވެ.

މި ހަތަރު ނޫސްވެރިން ބަޔާން ދިނުމަށް އެކޮމިޝަނަށް ހާޒިރުވުމަށް އެދިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ވަގުތު ތަކެއްގައެވެ.

މިއަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު ފުލުހުން ރާއްޖެ ޓީވީގެ ނޫސްވެރިންނަށާއި ތަކެއްޗަށް ހަމަލާ ދިނުމުގެ ސަބަބުން ބައެއް ތަކެއްޗަށް ގެއްލުންވެ ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވެސް ވެއެވެ. އަދި އެނޫސްވެރިން ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ވެސް ވަނީ ޖެހިފައެވެ. އެރޭ ބައެއް ފުލުހުން ވަނީ ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިން ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ފަހުން ވަނީ ހަމައެރޭ ދޫކޮށްލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
19 ސެޕްޓެންބަރ 2017 | އަންގާރަ 19:58
Habaru
maaikalaako thiya jehunee kannthakaa mifaharuves kuhverivaani raajje TV ge noosverin mi Qaumu miothee thin Abuduge alhuvethikamuga mikamun minjuvaan hurihaa dhivehin massahkai kuranjehey.9