ރޮހިންޖާ މުސްލިމުންނާ އެކުގައި ތިބިކަން ހާމަކުރުމަށް ށ.މާއުންގޫދޫ ރައްޔިތުން ހިނގާލުމެއް ބާއްވައިފި އެވެ.
މި ހިނގާލުމުގައި ގިނަ އަދަދެއްގެ އެރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. މި ހިނގާލުމުގެ ތެރެެއިން ރޮހިންޖާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑް ފޮއްޓެއް ވެސް ބަހައްޓައިފައިވެއެވެ.
ށ. މާއެނބޫދޫގެ ރައްޔިތުން ހިނގާލުމެއް ބާއްވާފައިވާ އިރު ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ވެސް ދަނީ ރޮހިންޖާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
އިންޓަރ ސެކްޓަރ ކޯޑިނޭޝަން ގްރޫޕް (އައިއެސްސީޖި) އިން ސެޕްޓެމްބަރު 15 ގައި ނެރުނު ރިޕޯޓެއްގައި ބުނީ ވަގުތީ ހިޔާތަކުގައި ތިބި ރޮހިންޖާ މުސްލިމުންގެ 326700 މީހުންނަށް ފުރިހަމަ ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ.
އޮގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.