ޒުވާނުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ XLގެ އައު ރޭންޖެއް ބާޒާރަށް ނެރެފި އެވެ.
ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ބީއެޗްއެމް ޓްރޭޑާސްގެ އޮފިޝަލަކު ވިދާޅުވީ އަލަށް މި ތަޢާރަފް ކުރީ އެކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ގެންދާ XLގެ 150 އެމްއެލްގެ ދަޅު ކަމަށެވެ.
ކުރިން XLގެ ދަޅުތަކުގެ ތެރެއިން ރާއްޖެއިން ލިބެން ހުންނަނީ 250 އެމްއެލްގެ ދަޅު އެކަންޏެވެ.
އެކުންފުނިން ވަނީ އަލަށް މި ތަޢާރަފް ކުރި ދަޅުތައް ވިއްކާ އަގުވެސް އާންމު ކޮށްފައެވެ. އެގޮތުން 150 އެމްއެލްގެ ދަޅެއް ފަނަރަ ރުފިޔާއަށް ލިބެން ހުރި އިރު ކޭހެއް ލިބެން ހުރީ 310 ރުފިޔާއަށެވެ.
އަދި ހޯލްސޭލް ކުރާ ފަރާތްތަކުން 10 ކޭހަށް ވުރެ މަތިން ނަގާ ފަރާތްތަކަށް، ކޭހެއް 305 ރުފިޔާއަށް އަދި 50 ކޭހަށް ވުރެ ގިނައިން ނަގާ ފަރާތްތަކަށް 303 ރުފިޔާއަށް ކޭހެއް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އަލަށް މިތަޢާރަފްކުރި XLގެ 150 އެމްއެލްގެ ދަޅުގައި ވެސް ރަހައިގެ ގޮތުން އެއްވެސް ތަފާތު ތަކެއް ނުހުންނާނެ ކަމަށެވެ.