ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 11:56
މުލިއާގެ، ނަން ބޯޑުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު
މުލިއާގެ، ނަން ބޯޑުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު
ރާއްޖެ އެމްވީ
މުލީއާގެ
މެޑަމް ފާތުންގެ އުފަންދުވަހަށް ގެންދިޔަ ކާއެއްޗިއްސަށް ޕިން އަޅާފައި ހުރި މައްސަލައިގައި ޕޮލިސް ހަނުހިމޭނުން!؟
ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް
ވަރަށް ގިނަ އަދަދެއްގެ ޕިން އަޅާފައި ހުރި ކަމަށް މައުލޫމާތު ދިން ފަރާތުން ބުނޭ
މުލީއާގެއަށް ކޭޓަރ ކުރަނީ މަޝްހޫރު ބައެއް ރެސްޓޯރެންޓްތަކުން

މުލީއާގެއަށް ގެންދިޔަ ކާއެއްޗެހިތަކެއްގެ ތެރެއަށް ދަގަނޑު ޕިންތަކެއް އަޅާފައި ހުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލައިގައި ޕޮލިހުން ހަނުހިމޭންވެއްޖެ އެވެ. 

މުލީއާގެއަށް ގެންދިޔަ ކާއެއްޗެއްސަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އުފަންދުވަސް ފާހަގަކުރުމަށް ގެންދިޔަ ތަކެއްޗެވެ. ޕިންތައް ފެނިފައިވަނީ ގެންދިޔަ ބަތުގެ ތެރެއިންނެވެ.

މުލިއާގެއަށް ގެންދިޔަ ކާއެއްޗެއްސަށް ޕިންތަކެއް އަޅިކަމަށްބުނާ މައްސަލާގައި މީގެ ކުރިން، ފުލުހުން ބުނެފައިވާ ބުނުން މިވަނީ ތަކުރާރު ކުރައްވާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލައާއި ގުޅިގެން އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށެވެ. 

މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ނުވަތަ ތަހުގީގު ތެރެއިން މީހަކާއި ނުވަތަ ބަޔަކާއި ސުވާލުކޮށްފައިވޭތޯ ސުވާލު ކުރުމުން ފުލުހުން ވަނީ އެއްވެސް އެއްޗެއް ބުނުމަށް ދެކޮޅު ހަދާފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުލީއާގެއަށް ގެންދިޔަ ކާއެއްޗެހިން ޕިން ތަކެއް ފެނުނު މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް