މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ވިޔަފާރި މައުރަޒު "ހޮޓެލް އޭޝިއާ އެގްޒިބިޝަން 2017" ހުޅުވައިފި އެވެ.
ސެޕްޓެމްބަރ 18 އިން ފެށިގެން 20 ގެ ނިޔަލަށް، ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީ އާއި އަދި ގުޅިފައިވާ ޕާރޓްނާރ އިންޑަސްޓްރީތައް އެއްތަނަކުން ބައްދަލުވާނެ އެންމެ ބޮޑު އެއް މައުރަޒެވެ. މިމައުރަޒް ރަސްމީކޮށް ހުޅުވައިދެއްވީ ހޯމަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު އެވެ.
މި އިންޑަސްޓްރީގެ ތަފާތު އެކި ކަންކަން ތަމްސީލުކުރަން 175 އަށް ވުރެ ގިނަ އަދަދެއްގެ ބައިވެރިން ދައްކާލާ ޕޯޓް ފޯލިއޯ ތަކުތެރޭ، ތަފާތު ގިނަ އަދަދެއްގެ ހޮޓެލް ސަޕްލައި އާއި، ޒަމާނީ ސެކިއުރިޓީ ސިސްޓަމް، ސޮފްޓްވެއާ ސިސްޓަމް ހިމެނެއެވެ.
ހޮޓެލް އޭޝިއާ އިންތިޒާމުކުރަނީ މޯލްޑީވްޒް އެގްޒިބިޝަންސް އެންޑް ކޮންފަރަންސް ސާރވިސާޒްއިންނެވެ. މި އިވެންޓް އަށް މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލަޕްމަންޓް، މޯލްޑީވްސް ޗެމްބާރ އޮފް ކޮމާސް އެންޑް އިންޑަސްޓރީގެ އިތުރުންލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑީވްޒްއިންވަނީ ތަރްހީބްދީ އެންޑޯޒްކޮށްފައެވެ.
އަދި ހަމަ މި މައުރަޒް ފެށުނީންސުރެން މި އިވެންޓްގެ މައި ސްޕޮންސާ ކަމުގައިވާ، ބެސްޓްބައި މޯލްޑީވްޒް (ބީބީއެމް) ދަނީ މިއިވެންޓްގައި ބައިވެރިވަމުންނެވެ.
އިވެންޓް އިންތިޒާމްކުރާ ފަރާތްކަމަށްވާ މެކްސްގެ ޑިރެކްޓަރ އަހްމަދް ޖާމިޒް ވިދާޅުވި ގޮތުގައި، މި ޝޯގެ އެންމެ މުހިންމު އެއް މަގްސަދަކީ، ހޮސްޕިޓާލިޓީގެ ހިދްމަތްދޭ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތަކާއި އަދި ޖަމާއަތުގެ މެދުގައި ދުޅަހެޔޮ ގުޅުމެއް ބަދަހި ކުރުން ކަމަށެވެ.
އަދި ހޮޓެލް އޭޝިއާއަކީ އަހަރީކޮށް ހޮޓެލްތަކާއި ރިޒޯޓްތަކުން ވިޔަފާރިކުރާ ފޯރަމެއް ގޮތުގައިވަނީ ބަލައިގަނެވިފައެވެ. ދިވެހިރާއްޖެއަކީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށް ހޮސްޕިޓާލިޓީ ސާމާނާއި، ކާބޯތަކެތި އެތެރެކުރާ ބަޔަކަށް ވުމާއި އަދި މިފަދަ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މާކެޓަކަށް ބައިނަލްއަގްވާމީ ގަޔާވުމެއް އޮންނާތީވެ، މި މައުރަޒުގައި ވަރަށް ނުފޫޒްގަދަ ފަރާތްތައްދަނީ ބައިވެރިވަމުންނެވެ. ހޮޓެލް އޭޝިއާ އަކީ ހަމައެކަނި ސަރަހަށްދަށް ނިސްބަތްކޮށް ބޭއްވޭ އިވެންޓެއް ނޫނެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން މަސަތްކަތްތަށް ތައާރަފްކުރާ ވިޔަފާރި މައިދާނެކެވެ.
މި މައުރޫޒް ވަނީ މިހާރުވެސް ޖާގަފުރި، ވެއިޓިން ލިސްޓުގައި އިތުރު އެތައް ކުންފުނިތަކެއް ބައިވެރިވުމަށް އެދި ހުށައަޅާފައެވެ.