ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 23:43
އިސްދޫ ރައްޔިތުން ރޮހިންޖާގެ މުސްލިމުންނާ އެކު ތިބިކަން ދެއްކުމަށް ބޭއްވި އެއްވުުގެ ތެރެއިން:--
އިސްދޫ ރައްޔިތުން ރޮހިންޖާގެ މުސްލިމުންނާ އެކު ތިބިކަން ދެއްކުމަށް ބޭއްވި އެއްވުުގެ ތެރެއިން:--
މުރުޝިދް އަބްދުލް ހަކީީމް
އިސްދޫ
އިސްދޫ ރައްޔިތުން ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
ފައިސާ ހޯދުމަށް އެކި ހަރަކާތްތައް ހިންގާފައިވޭ
ސަރުކާރުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކޮށްފައިވޭ

ލ.އިސްދޫގެ ރައްޔިތުންގެ ފަރާތުން ރޮހިންޖާގެ މުސްލިމުންނަށް ހޭދަކުރުމަށް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ދިވެހި ރެޑްކްރޮސެންޓާ ހަވާލުކޮށްފި އެވެ.

 

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވި ގޮތުގައި އިސްދޫ ރައްޔިތުންގެ ފަރާތުން 113504.48 ( އެއްލައްކަ ތޭރަހާސް ފަސްސަތޭކަ ހަތަރު ރުފިޔާ ސާޅީސް އަށްލާރި) ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ރެޑްކްރޮސެންޓާ ވަނީ ހަވާލުކޮށްފަ އެވެ.

 

 އިބްރާހިމް ހަލީލް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި މިނިވަން މުވައްސަސާތައް ގުޅިގެން މި މަހުގެ 12،13  މި ދެ ދުވަހު ފައިސާ ހޯދުމުގެ ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން ތިން ސަރައްހައްދެއްގައި ފަންޑު ފޮށި ބެހެއްޓުމުގެ އިތުރަށް ސްކޫލް ކުދިންގެ ބެލެނިވެރިންގެ ފަރާތުން ހެދިކާ ހަދައިގެން ވިއްކައިގެން ވެސް ފައިސާ ވަނީ ހޯދާފަ އެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ވެސް ވަނީ ދީފަ އެވެ. އެގޮތުން ކައުންސިލް އިދާރާ އާއި ސިއްހީ މަރުކަޒާއި މަގުތައް ހަދާ ޔުނިޓާއި ރަށު މެޖިސްޓްރޭޓް މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ މި ފަންޑަށް ދީފައިވާ ކަމަށް އިބްރާހިމް ހަލީލް ވިދާޅުވި އެވެ.

 

 ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް އެކި ރަށްތަކުގައި ތަފާތު ހަރަކާތައް މިހާރުވެސް ހިންގަމުންދެ އެވެ.  

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް