ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 18:25
ދިގުރަށުގެ މޫދު ސަރަހައްދު ސާފުކުރުމުގައި ރަށުގެ ބަޔަކު
ދިގުރަށުގެ މޫދު ސަރަހައްދު ސާފުކުރުމުގައި ރަށުގެ ބަޔަކު
ފާތިމަތު ޝަނާ މުހައްމަދު
ސާފުކުރުމުގެ ހަރަކާތް
ދިގުރަށުގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ސާފުކުރުމުގެ ހަރަކާތުގައި 150 މީހުން ބައިވެރިވެފައިވޭ
ދިގުރަށަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށެއް
ކުރިއަށް އޮތްތަނުގައި ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދެވޭނެ

ދިގުރަށު ކައުންސިލް އިދާރާއިން އިސްނަގައިގެން، ރަށުގެ ވަށައިގެން އޮންނަ ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ މެންބަރު އިމްރާނު އާދަމް ވިދާޅުވީ، ހޮނިހިރު ދުވަހު ރަށުގެ ރައްޔިތުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި ރަށުގެ ގާތްގަނޑަކަށް 4 ކިލޯ މީޓަރު ސާފުކުރެވިފައިވާ ކަމަށެވެ.

އިމްރާނު ވިދާޅުވީ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން އެރަށުގެ ހުޅަނގު ފަރާތް އެއްކޮށް ސާފުކޮށްފައިވާއިރު ޑައިވް ޕޮއިންޓްތައްވެސް ސާފުކޮށްފައިވާ ކަމަށެވެ. މިހަރަކާތުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެރަށުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށާއި މިއީ އެރަށުގައި ބޭއްވޭސާފުކުރުމުގެ މިފަދަ ދެ ވަނަ ހަރަކާތް ކަމަށް އިމްރާނު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައިވެސް ތިން މަހުން ތިން މަހުން ރަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ. 

އދ.ދިގުރަށަކީ ގެސްޓްހައުސް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރު އެރަށުގައި ހަ ގެސްޓް ހައުސް ހުރި އިރު އެއް ވޯޓަރ ސްޕޯޓްސް ހިންގާ ފަރާތެއްގެ އިތުރުން ތިން ޑައިވް ސެންޓަރު ވަނީ ގާއިމްވެފަ އެވެ. އެރަށަކީ 600 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް