ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 13:00
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
އެމްއެންޑީއެފް
ޗީފް އޮފް ޑިފެންސް ފޯސް
ޗީފް އޮފް ޑިފެންސް ފޯސް، ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި
މި ސަމިޓަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިން އެންވައިރަމެންޓް ޕްރޮޓެކްޝަނާއި ގުޅުން ހުރި ސަމިޓެއް

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

 

ޗީފް އޮފް ޑިފެންސް ފޯސް، ޖަޕާނަށް ކުރެއްވި މި ދަތުރުފުޅަކީ، މިމަހުގެ 11 އިން 14 އަށް ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި "ކޯސްޓްގާޑު ގްލޯބަލް ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

 

މި ސަމިޓަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިން އެންވަޔަރަމެންޓް ޕްރޮޓެކްޝަނާ ގުޅުން ހުރި ކަންތައްތަކާ މެދު މަޝްވަރާކުރެއްވުމަށް ބޭއްވި ސަމިޓެކެވެ. "ކޯސްޓްގާޑު ގްލޯބަލް ސަމިޓް" ގައި 36 ޤައުމެއްގެ އިތުރުން ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ބައިވެރިވެފައިވެއެވެ.

މި ސަމިޓުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމާންޑަރ، ކާނަލް މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް، ޗީފް އޮފް ޑިފެންސް ފޯސް، ޖަޕާނަށް ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް