ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 20:49
އަލިފާނުގެ ހާދިސާއެއް ހިގުމުން، ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަނީ
އަލިފާނުގެ ހާދިސާއެއް ހިގުމުން، ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަނީ
އިސްމާއިލް ނާއިލް ނަޝީދު
އަލިފާން ރޯވުން
މައްޗަންގޯޅި ގެއެއްގެ ދޮންނަ މެޝިނެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ
އަލިފާން ރޯވީ މައްޗަންގޯޅި ފެސިނޭޝަން ގޭގައި

މައްޗަންގޯޅި ފެސިނޭޝަން ގޭގެ ދޮންނަ މެޝިނެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ހުކުރު ދުވަހުގެ ރޭ 20:04 ގައި މައްޗަންގޯޅި ފެސިނޭޝަން ގޭގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، މި ހާދިސާގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގީ ދޮންނަ މެޝިނެއްގައި ކަމަށެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާ ހިނގީ ގޭސް ފުޅިއެއް ގޮވައިގެންކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް