ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 10:52
މޯލްޑިވިއަނުގެ އެއަރބަސް
މޯލްޑިވިއަނުގެ އެއަރބަސް
ރިޒްނާ ޒަރީރު
މޯލްޑިވިއަންގެ ދަތުރުތައް
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި
މިދަތުރުތައް ފަށާފައިވަނީ ޗައިނާގެ ހަންގްޒޫއަށް

ޗާއިނާގެ އިތުރު މަންޒިލަކަށް މޯލްޑިވިއަންއިން ދަތުރު ފަށައިފިއެވެ.

އައިލެންޑް އެވިއޭޝަން ސަރވިސަސް އިން ބުނީ މިއީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން އަލަށް ދަތުރުފަށާ މަންޒިލެއް ކަމަށާއި އެގޮތުން ދަތުރު ފަށާފައިވަނީ ޗައިނާގެ އިތުރު ސިޓީއެއް ކަމަށްވާ ހަންގްޒޫ އަށެވެ.

މިދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ހަންގްޒޫ-މާލެ ފުރަތަމަ ފްލައިޓް ހުކުރު ދުވަހުގެ ހެނދުނު 6:15 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަނީ ޖައްސާފައެވެ.

މިފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ވޯޓަރ ސެލިއުޓެއް ދީފައެވެ. މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް އާއި އައިލެންޑް އެވިއޭޝަންގެ ސީނިއަރ މުވައްޒަފުން ބައިވެރިވިއެވެ. އަދި ޗައިނާ އެމްބަސީގެ އިސްވެރިންނާއި މޯލްޑިވްސް ސިވިލް އެވިއޭޝަނާއި މޯލްޑިވްސް އެއަރަޕޯޓްސް ކޮމްޕެނީގެ އިސްވެރިން ބައިވެރިވިއެވެ.   

ހަންގްޒޫ އާއި މާލެއާއި ދެމެދު ކޮންމެ ހަފްތާއަކު އެއް ދަތުރު ކުރާ ގޮތަށް ޝެޑިއުލްކޮށްފައިވާއިރު ހުކުރުދުވަހު 200 ފަސިޖަރުން ވަނީ މިފްލައިޓުން ރާއްޖެއަށް އައިސްފައެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު ވައިގެ މަގުން ދަތުރުތައް ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖުލައިގައެވެ. މޯލްޑިވިއަނުން މިހާރުވެސް ޗައިނާގެ އެކި މަންޒިލްތަކަށް ދަތުރުކުރަމުންދެއެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު ބޮޑު ހިއްސާއެއް އޮންނަ އެއް މާކެޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް