ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 22:14
އަތޮޅު ތެރޭގައި އަޅާ ފްލެޓް
އަތޮޅު ތެރޭގައި އަޅާ ފްލެޓް
ގޫގުލް
ގެދޮރުވެރިކުރުން
ހަތަރު ރަށެއްގެ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފި
ގދ. ގައްދޫ އާއި ގދ.ހޯޑެއްދޫއާއި ގއ.ވިލިނގިލި އަދި،ހއ. ދިއްދޫގެ ފްލެޓް ލިބޭ ފަރާތްތަކުގެ މައުލުމާތު ވަނީ ގެޒެޓްކޮށްފައި
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
މި ލިސްޓުގައިވެސް އާންމުކޮށްފައިވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ ފޯމު ނަންބަރު

ސަރުކާރުގެ ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނު ހަތަރު ރަށަކުން ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން ހާމަ ކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ހާމަކޮށްފައި ވަނީ ގދ. ގައްދޫ އާއި ގދ.ހޯޑެއްދޫއާއި ގއ.ވިލިނގިލި އަދި،ހއ. ދިއްދޫގެ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓެވެ. އެގޮތުން ހއ. ދިއްދޫގެ ވަގުތީ ލިސްޓުގައި ހިމެނެނީ ގެޓެގަރީ އޭ އިން 124 މީހުންގެ ފޯމް ނަންބަރާއި ގެޓެގަރީ ބީ އިން 14 މީހެއްގެ ފޯމު ނަންބަރެވެ. ގދ.ހޯޑެއްދޫ ލިސްޓުގައި ގެޓަގަރީ އޭ އިން ތިރީސް މީހެއްގެ މައުލޫމާތު ހާމަކޮށްފައިވާ އިރު ގެޓެގަރީ ބީ އިން ހާމަކޮށްފައިވަނީ 10 މީހެއްގެ މައުލޫމާތެވެ. މީގެ އިތުރުން ގދ.ތިނަދޫގެ ކެޓެގަރީ 37 މީހެއްގެ ފޯމް ނަންބަރު ހާމަކޮށްފައިވާ އިރު ގެޓެގެރީ ބީގެ ހާމަކޮށްފައިވަނީ 5 މީހެއްގެ ފޯމް ނަންބަރެވެ. ގދ. ގައްދޫ ގެ ކެޓެގެރީ އޭ އިން 35 މީހެއްގެ ފޯމު ނަންބަރު ހާމަކޮށްފައިވާ އިރު ކެޓެގެރީ ބީގެ ހާމަކޮށްފައިވަނީ 5 މީހެއްގެ ފޯމު ނަންބަރެވެ.

މި ލިސްޓުތަކުގައި ވެސް ލިބުނު ޕޮއިންޓްތަކުގެ ތަފްސީލާއި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައެއްނުވެ އެވެ.

މި ހުރިހާ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރެ އެވެ.

މީގެ އިތުރުން ވެސް ހައުސިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ވަނީ، ހުޅުމާލެއިން ފްލެޓް ލިބޭ 661 ފަރާތެއްގެ މައުލޫމާތެއް ހާމަކޮށްފަ އެވެ. އެގޮތުން، އާންމު ކުރެވުނު ލިސްޓާ ގުޅިގެން ގިނަ ބަޔަކުދަނީ ޝަކުވާ ހުށަހަޅަމުންނެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް