ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:47
ހަތް އަހަރުގެ ކުއްޖާގެ ހާލުވަނީ ރަގަޅުވަމުން
ހަތް އަހަރުގެ ކުއްޖާގެ ހާލުވަނީ ރަގަޅުވަމުން
ފާތިމަތު ޝަނާ މުހައްމަދު
އައިޖީއެމްއެޗް
މުޅި ހަށިގަނޑުގައި ފޮޅު ނެގި ކުއްޖާގެ ހާލު އަންނަނީ ރަގަޅުވަމުން:އާއިލާ
ބޭހެއް ބޭނުން ކުރުމުގެ ސަބަބުން ހާލު ދެރަވެފައިވަނީ 7 އަހަރުގެ ކުއްޖެއް
އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ދެއްކީ ހުން އައިސްގެން
ގާތްގަނޑަކަށް އެއްލައްކަ ރުފިޔާ ބޭސްފަރުވާއަށް ހޭދަކުރަންޖެހުނު

ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ދިން ބޭހެއްގެ ސަބަބުން ކުޑަކުއްޖެއްގެ މުޅި ހަށިގަނޑުގައި ފޮޅު ނަގައި ރާއްޖެއިން ބޭރުގައި ފަރުވާ ދޭންފެށި ކުއްޖާގެ ހާލު  ރަގަޅުވަމުން އަންނަ ކަަމަށް އެ ކުއްޖާގެ އައިލާއިން ބުނެފި އެވެ.

އުމުރުން 7 އަހަރުގެ އެ ކުއްޖާގެ ހާލަތާއި ގުޅޭ ގޮތުން އެކުއްޖާގެ އައިލާއިން ބުނީ، އެ ކުއްޖާގެ ހާލު ރަގަޅުވަމުން އަންނަ ކަމަށާއި ހޯމަ ދުވަހުގައި އައިސީޔޫއިން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް އާއިލާއިން ބުނެ އެވެ.

" އެކުއްޖާގެ މުޅި ހަށިގަނޑުގެ ހަންގަނޑުވަނީ އެއްކޮށް ބަދަލުވެފައި، މިހާރު އެކުއްޖާއަށް ވާހަކަވެސް ދެކެވޭ. ރަގަޅަށް ކެވޭ." އައިލާއިން ބުންޏެވެ.

އާއިލާގެ މީހަކު ކުރިން ކިޔައިދިން ގޮތުންގައި އެކުއްޖާ ހުން އައިސްގެން އޮގަސްޓް 14 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން "ޕެރަމޯލް" ނަމަކަށް ކިޔާ ބޭހެއް ދިން ކަމަށެވެ. ބޭސް ބޭނުން ކުރުމުން އަނގައިގަ ފޮޅު ނަގާފައި ހުރުމުގެ ސަބަބުން އައިޖީއެމްއެޗްއެޗަށް ގޮސް އަލުން ދެއްކި ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ. އެެހެން ނަމަވެސް އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށާއި އަދި ކުރިން ބޭނުން ކުރި ބޭސް ކުރިއަށް ގެންދިއުމަށް ޑޮކްޓަރު ބުނި ކަމަށެވެ. ޑޮކްޓަރުގެ ލަފާގެ މަތިން އެ ބޭސް އޭގެ ފަހުން ވެސް ދެ ފަހަރު ދިން ކަމަށް އާއިލާ އިން ބުނެއެވެ. އޭރު އެއީ ބޭހުގެ ސަބަބުން ވާ ކަމެއްކަން ނޭނގޭ ކަމަށް އާއިލާ އިން ބުންޏެވެ.

ބޭސް ބޭނުންކުރުމުން ލުޔެއް ލިބުމުގެ ބަދަލުގައި އެކުއްޖާގެ މުޅި ހަށިގަނޑުގައި ފޮޅުތައް ނަގައި ހާލު ދެރަވުމުން އެޑްމިޓްކޮށް ފަރުވާންދޭން ފެށި އެވެ. ހަތަރު ދުވަސްތެރޭގައި ރަގަޅު ވާނެ ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށާއި ފަހުން 7 ދުވަސް ތެރޭގައި ރަގަޅުވާނެ ކަމަށް ބުނި ކަމަށް އާއިލާ އިން ބުންޏެވެ. އެހެން ނަމަވެސް ކުއްޖާގެ ހާލު ރަގަޅު ވާކަމަށް އާއިލާއަށް ގަބޫލު ނުކުރެވުމުން ބޭރަށް ގެންގޮސް ފަރުވާދޭން ނިންމީ ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެ އެވެ. އެކުއްޖާއަށް ލަންކާގެ ނަވަލޯކާ ހޮސްޕިޓަލްގައި ފަރުވާދެމުންގެންދާ އިރު އެކުއްޖާގެ ބޭސްފަރުވާއަށް ބޮޑު ހަރަދެއް ވަނީކޮށްފަ އެވެ. އެގޮތުން ގާތްގަނޑަކަށް އެއްލައްކަ ރުފިޔާ އައިލާއިން ބޭސްފަރުވާއަށް ހަރަދުކޮށްފައިވާ ކަމަށް އެކުއްޖާގެ އައިލާއިން ބުނެ އެވެ. އެހެން ނަމަވެސް އެކުއްޖާގެ ބޭސްފަރުވާއަށް އާސަންދަ ފަހުން ލިބުނު ކަމަށް އައިލާއިން ބުނެ އެވެ.މިހާދިސާއާ ގުޅިގެން ސޯޝަލް މީޑިޔާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން އައިޖީއެމްއެޗުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން އެކުއްޖާ އެޑްމިޓްކޮށްފައި ވަނީ 15 އޮގަސްޓްވީ އަންގާރަ ދުވަހު ކަމަށާއި އެކުއްޖާ އެޑްމިޓްކުރީ ވެސް އެއްޗެހިތަކެއް ގައިގާ ނަގައިގެން ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކުއްޖާ ވަނީ ސްޓީވަންސް ޖޯންސަންސް ސިންޑްރޯމް ( އެސްޖޭއެސް) އަށް ޕޮސިޓިވްވެ ޑައިގްނޯސް ކުރެވުނު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެސްޖޭއެސްއަކީ ބައެއް ކަހަލަ ބޭސް ބޭނުން ކުރުމުގެ ސަބަބުން ވަރަށް މަދުން ނަމަވެސް އެ ބޭހެއް ބޭނުންކުރާ މީހުންނަށް އަންނަ އެލަރޖިކް ރިއެކްޝަނެއް ކަމަށާއި މިއީ ވަކި ބޭހެއް ބޭނުން ކުރުމުން ވާ ގޮތެއް ނޫން ކަމަށް ވެސް އެ ހޮސްޕިލުން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް