ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 13:42
މެލޭޝިޔާ ފުލުހުން ހައްޔަރުކުރި މީހުން
މެލޭޝިޔާ ފުލުހުން ހައްޔަރުކުރި މީހުން
ޓްވިޓަރ
ހައްޔަރު ކުރި ދިވެހިން
މެލޭޝިއާ އިން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބެއް ދެވެން ނެތް: ފުލުހުން
ހައްޔަރު ކުރީ 29 އަހަރާއި 33 އަހަރުގެ ފިރިހެނެއް
އެމީހުންނަކީ އައިއެސްއާ ގުޅުން އޮތް ބައެއް
އެމީހުން ބައިވެރިވެގެން ދޭން އުޅުނު ޓެރަރިސްޓް ހަމަލާ ވަނީ ނާކާމިޔާބު ކޮށްލާފައި

ސީރިޔާ އަށް ހަނގުރާމަ އަށް ދާން އުޅެނިކޮށް މެލޭޝިއާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާ  ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ގެނެސް ދިން ނަމަވެސް މި ވަގުތު އެކަަމަށް އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ހަނގުރާމައަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން އެ ގައުމުން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވާތީ އެކަމާ ގުޅޭ މައުލޫމާތު ސާފް ކުރުމަށް ރާއްޖެއެމްވީން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އެއް ކަމަށް ވާތީ އެ މައްސަލައާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ. 

މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާކަން ނުވަތަ ނޫންކަން ވިދާޅުވެވިދާނެތޯ އެހުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދޫކޮށްލިކަން ނުވަތަ ނޫންކަން ވެސް ވެސް ބުނެދެވެން ނެތް ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ މައުލޫމާތު ފަހުގެ ވަގުތެއްގައި ހާމަ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކާ ދެކޮޅަށް އެ ގައުމުގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެ މީހުން މާލެ ގެނެސް ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރިކަން ނުވަތަ ނޫން ކަން ސާފުވެފައެއް ނުވެއެވެ. 

މެލޭޝިއާގެ ފުލުހުންގެ އިންސްޕެކްޓާ ޖެނަރަލް މުހަންމަދު ފުޒީ ހާރޫނާ ހަވާލާދީ މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުން ހައްޔަރު ކުރި ދެ ދިވެހިންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮތް ދެ މީހުންނެވެ.

މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ ދިވެހިންނާއެކު 19 މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިރާގާއި ފަލަސްތީނާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ފިލިޕީންސްގެ އިތުރުން ބަނގުލަދޭޝްގެ މީހުން ހިމެނެ އެވެ. އަދި އެމީހުންގެ ތެރޭގައި  އައިއެސްގެ ދެ ކޮމާންޑަރުން ވެސް ހިމެނޭ ކަމަށް މެލޭޝިޔާ ފުލުހުން ވަނީ ބުނެފައެވެ. އެއީ އުމުރުން 41 އަހަރާއި 63 އަހަރުގެ ދެމީހުންނެވެ.

އެ މީހުންގެ ތެރޭގައި  ޓެރަރިޒަމްގެ އަމަލު ހިންގައި، މީހުން މަރައި އެފަދަ އަމަލުތައް ރާވަމުންދިޔަ މީހުން ތިބި ކަމަށް މެލޭޝިއާ ފުލުހުން ތުހުމަތުކުރެއެވެ.

މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިންގެ މައްޗަށް ތުހުމަތު ކުރަނީ ސީރިއާ ހަނގުރާމައަށް ދިއުމަށްޓަކާ ސިންގަޕޫރާއި މެލޭޝިއާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތެވެ. އެ ދެ މީހުންނަކީ މެލޭޝިއާގައި އެއާކޮންޑިޝަންގެ މަސައްކަތް ކުރާ ދެ ދިވެހިން ކަމަށް މެލޭޝިއާ ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުން އެ ގައުމަށް ދޭން އުޅުނު ކަމަށް ބުނާ ޓެރަރިސްޓް ހަމަލާއަކީ މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ބާއްވަން އުޅުނު ހަފްލާއަކަށް ދޭން އުޅުނު ހަމަލާއަކާއި ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ނިންމާލުމުގެ ރަސްމިއްޔާތަށް ދޭން އުޅުނު ހަމަލާއެކެވެ.

އެ ހަމަލާތައް ނާކާމިޔާބު ކޮށްލީ ޓެރަރިޒަމާ ދެކޮޅަށް މެލޭޝިއާގެ ފުލުހުންގެ ކައުންޓާ ޓެރަރިޒަމްގެ ޑިވިޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 13:55
އައްޑޫ ބެއްޔާ
ލިހުން ބުންޔަސް ނުބުއްޔަސް އަހަރުމެން މިބުނަނީ މިތިބީ މާލެ ތެރޭ ދޫކޮށްފަ. މިމަހު 23 ހުގަ އައްޑޫ އަށް އަންނަށް ޓިކެޓްވެސް ނަގައިފިން. .އެއްވެސް ބަޔަކަށް އަހަރެމެން ޖިހާދު ކުރާ ކުދިންނަކާ ބެހޭކަން ނުކެރޭނެ. ބެހެފިއްޔާ ވާނެގޮތް އެމީހުންނަށް އިހްސާސްވާނެ.