ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 08:32
މުލިއާގެ، ނަން ބޯޑުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު
މުލިއާގެ، ނަން ބޯޑުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު
ރާއްޖެ އެމްވީ
މުލީއާގެ ކާއެއްޗެހި
މުލީއާގެއަށް ގެންދިޔަ ކާއެއްޗެއްސަށް ޕިންތަކެއް އަޅާފައި ހުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި
ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް
ވަރަށް ގިނަ އަދަދެއްގެ ޕިން އަޅާފައި ހުރި ކަމަށް މައުލޫމާތު ދިން ފަރާތުން ބުނޭ
މުލީއާގެއަށް ކޭޓަރ ކުރަނީ މަޝްހޫރު ބައެއް ރެސްޓޯރެންޓްތަކުން

މުލީއާގެއަށް ގެންދިޔަ ކާއެއްޗެހިތަކެއްގެ ތެރެއަށް ދަގަނޑު ޕިންތަކެއް އަޅާފައި ހުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުލީއާގެއަށް ގެންދިޔަ ކާއެއްޗެއްސަށް ޕިން އަޅާފައި ހުރި މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންނާ ސުވާލުކުރުމުން، މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައާ ގުޅޭ އެއްވެސް މަައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

މުލީއާގެއަށް ގެންދިޔަ ކާއެއްޗެއްސަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އުފަންދުވަސް ފާހަގަކުރުމަށް ގެންދިޔަ ތަކެއްޗެވެ. ޕިންތައް ފެނިފައިވަނީ ގެންދިޔަ ބަތުގެ ތެރެއިންނެވެ.

މިފަދަ ކަމެއް ހިނގައިގެން މުލީއާގޭ ތެރޭގައި ވެސް މައްސަލަ ބަލަމުންދާކަން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފަ އެވެ.

މުލީއާގެއަށް ކޭޓަރ ކޮށްދޭ ރެސްޓޯރެންޓަކުން ވެސް ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަން ކަށަވަރުކޮށްދީފަ އެވެ.

ކާއެއްޗެއްސަށް ޕިން އަޅާފައިވަނީ ރެސްޓޯރެންޓުން ކަމެއް، މުލީއާގޭ ތެރެއިން ކަމެއް އަދި ނޭނގޭ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

"ދަގަނޑު ޕިންތަކެއް ކާއެއްޗެއްސަށް އަޅާފައި ހުރީ، އެންމެ ޕިނެއް ދެ ޕިން އޮތްނަމަ ތާ އެހެން އެއްޗެކޭ ބުނެވޭނީ، އެކަމަކު ވަރަށް ބައިވަރު ޕިން ހުރި،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހާއި މުލީއާގޭގެ އިސްވެރިއެއްގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

މުލީއާގެއަކީ ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ގިނަ ވަގުތުތަކެއް ހޭދަކުރައްވާ ތަނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުލީއާގެއިން ރައީސް ޔާމީނާއި މެޑަމް ފާތުން ވެސް ފަރިއްކުޅުއްވަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:18
ލޮލް
މެޑަމްގެ ފާތުން އޭ؟