ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:52
ކްްރިމިނަލް ކޯޓް
ކްްރިމިނަލް ކޯޓް
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
ގާސިމްގެ ޝަރީއަތުގެ ތެރެއިން ފަނޑިޔާރުންނަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް: ފުލުހުން
އިންޒާރުގެ މެސެޖްތަކާއި ކޯލްތަކާއެކު ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް
މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރަން ފުލުހުން ވަނީ ދެކޮޅު ހަދާފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ހިންގަމުންދަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް މަރުގެ އިންޒާރުތަކެއް ދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓުން ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގާސިމްގެ ޝަރީއަތުގައި އޯގަސްޓް އެއް ވަނަ ދުވަހު ބޭއްވި އަޑުއެހުމާ ހިސާބުން މުޅި ޝަރީއަތް އެއްކޮށް ނިންމާލާފައިވަނީ ސިއްރުކޮށްގެންނެވެ. 

އެކަމާ ގުޅޭ ގޮތުން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ އަޑުއެހުން ސިއްރުކުރީ ކޯޓުގެ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށް ބައެއް ފަރާތްތަކުން މަރުގެ އިންޒާރުދެމުންދާތީ ކަމަށެވެ. 

ގާޒީ ވިދާޅުވެފައިވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އޯގަސްޓް 3 ވަނަ ދުވަހު ގާސިމް ވިދާޅުވީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އިންޒާރުދިނުމަކީ އޭނާ ކުރައްވާ ކަމެއް ނޫން ކަމަށް ކޯޓުގައި ދަންނަވާފައިވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުުންނަށާއި މުވައްޒަފުންނަށް ރާއްޖެއިން ބޭރުގެ ބައެއް ނަމްބަރުތަކުން މަރުގެ އިންޒާރުގެ މެސެޖްތައް ފޮނުވާފައިވާއިރު، އަންރެޖިސްޓަރޑް ނަމްބަރުތަކުން ގުޅައިގެން ވެސް އިންޒާރު ދީފައިވެއެވެ.

ސިއްރުކޮށްގެން އަޑުއެހުންތައް ބޭއްވި ޝަރީއަތުގައި، ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 21:06
މޮޑީ
މިރާއްޖޭގައި ޝަރީއަތްކުރުމުގައި ބޭނުންވަނީދެކަމެއްއެއީ އިންޓެލިިޖެންސްރިޕޯޓްއާއި ސިއްރުހެކި އަދި ޝަރީއަތް ސިއްރު