ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް، އެމީހުންގެ ފޮޓޯ އާއިއެކު ފުލުހުން އިޢުލާނު ކޮށްފިއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިޕާޓްމަންޓުން ހޯދަމުންދާ ދެމީހުންނަކީ ތ.ކިނބިދޫ، ގުލްފާމުގެ މުޙައްމަދު ސާޒް (21އ) އާއި މ.ލޮނުމިދިލިގެ އަފްރާޙް ޢަބްދުއްރައްޒާޤް (21އ) އެވެ.
ފުލުހުން ބުނީ މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ ޚިދުމަތުގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.