ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 16:07
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓުގެ ދެ މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
ސެކިއުރިޓީގައި މަސައްކަތް ކުރި މުވައްޒަފަކާއި ޑްރައިވަރެއް
ފުރަތަމަ ނިންމާފައި އޮތީ ދެ މީހުން ސަސްޕެންޑް ކުރަން

ކްރިމިނަލް ކޯޓުގެ ދެ މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މުވައްޒަފުން ވަކިކޮށްފައި ވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް(ޑީޖޭއޭ) އިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ކޯޓުގެ ސެކިއުރިޓީގައި މަސައްކަތް ކުރި މުވައްޒަފަކާއި ޑްރައިވަރެއްގެ މަގާމުގައި މަސައްކަތް ކުރި މުވައްޒަފެކެވެ.

އެ ދެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް ފުރަތަމަ ނިންމި ނިންމުން ބާތިލްކޮށް، ޑީޖޭއޭ އިން ފަހުން ނިންމީ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މުވައްޒަފުންނަކީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފާ އަރިސް ދެ މީހުންނެވެ.

މިކަމާ ގުޅޭ ގޮތުން ޑީޖޭއޭގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް