ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 14:39
އިންޑިއާގެ ސަފީރާއެކު އަނީސް (ވ)
އިންޑިއާގެ ސަފީރާއެކު އަނީސް (ވ)
ޓްވިޓަރ
މަގާމުން އިސްތިއުފާދެއްވުން
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނީސް އިސްތިއުފާ ދެއްވައިފި
ތަރި އަނީސްއަކީ ސަރުކާރު ކޯލިޝަން އެމްޑީއޭ ކައުންސިލް މެމްބަރެއް

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން މުހައްމަދު އަނީސް (ތަރި އަނީސް) އިސްތިއުފާ ދެއްވައިފި އެވެ.

ވެރިކަންކުރާ ޕީޕީއެމް-އެމްޑީއޭ  ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ އަނީސް އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ސާފު ނުވިނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އަނީސް އިސްތިއުފާ ދެއްވުމަށް އެދި މިދިޔަ ހޯމަ ދުވަހު ސިޓީ ފޮނުއްވާފައިވާ ކަަމަށެވެ. 

އަނީސް ވެސް ވަނީ އިސްތިއުފާ ދެއްވާފައިޥާކަން "ޜާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަދި ކޯޗް އަނީސް ވަނީ މީގެ ކުރިން ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސްކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް