ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 18:59
ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯންގައި މިހާތަނަށް 4 މިލިއަން ރުފިޔާ ލިބިފައިވޭ
ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯންގައި މިހާތަނަށް 4 މިލިއަން ރުފިޔާ ލިބިފައިވޭ
ރާއްޖެ އެމްވީ
ރާއްޖެ ޓީވީ ޓެލެތޯން
ރޮހިންޖާ ޓެލެތޯންއަށް ރ.އުނގޫފާރުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ!
އުނގޫފާރު ރައްޔިތުންގެ ފަރާތުން މި ޓެލެތޯނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ކައުންސިލުން ބުނޭ
ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯންގައި މިހާތަނަށް 4 މިލިއަން ރުފިޔާ ވަނީ ލިބިފައި

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯންއަށް ރ. އުނގޫފާރު ރައްޔިތުންގެ ފަރާތުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ މެންބަރު ހުސެއިން އާސިފް ވިދާޅުވީ، ރާއްޖެޓީވީން އިސްނަގައިގެން ހިންގި ޓެލެތޯނަށް އެހީވުމަށް އެރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން އެރަށު ރައްޔިތުންގެ ނަމުގައި، ޖުމްލަ 206،106.27 ރުފިޔާ ޓެލެތޯނަށް ހަދިޔާކޮށްފައިވާނޭ ކަމަށް ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ، އޭގެ ތެރެއިން އެއްލައްކަ ފަސްދޮޅަސް އަށްހާސް ދުއިސައްތަ ރުފިޔާއަކީ ކައުންސިލްގައި ހުރި ރައްޔިތުންގެ ބަޖެޓުން ހަދިޔާކުރި ފައިސާ ކަމަށެވެ. އަދި އެ ފައިސާ އެ ފަންޑަށް ހަދިޔާ ކުރީ ރައްޔިތުންނާއި މަޝްވަރާކުރުމަށް ފަހު، ކަމާގުޅޭ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ވެސް އެއްބާރުލުން ލިބިގެންކަމަށެވެ. އަދި އަނެއް 37،906.27 ރުފިޔާއަކީ ހުކުރު ދުވަހުއްސުރެ ހޯމަ ދުވަހުގެ ނިޔަލަށް އެރަށުގައި ބެހެއްޓުނު ފަންޑް ފޮއްޓަށް ސީދާ ރައްޔިތުން ހަދިޔާކުރި ފައިސާ ކަމަށެވެ.

 

އާސިފް ވިދާޅުވީ، ރާއްޖެޓީވީން މިފަދަ ކަމަކަށް އިސްނެގީތީ އުފާކުރާކަމަށާއި، މި ފަންޑަށް އުނގޫފާރުގެ  ރައޔިތުން ދިން އެއްބާރުލުމާއި ތަރުހީބަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް