ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 12:47
ދެ މީހަކު ގެއްލިގެން ހޯދަމުން ދަނީ
ދެ މީހަކު ގެއްލިގެން ހޯދަމުން ދަނީ
ޓްވިޓަރ
ފަތުރުވެރިއަކު ގެއްލުން
ޑައިވިންއަށް ގޮސް ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ
އެމްއެންޑީއެފްއަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 11:20ގަ

ޑައިވިންއަށް ފޭބި ދިވެއްސަކާއި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުންދަނިކޮށް އެ ދެމީހުންވެސް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

 

އެމްއެންޑީއެފުން ބުނީ މި ދެމީހުންގެ ހަބަރެއް ނުވެގެން ހޯދަމުންދަނިކޮށް ފެނިފައިވަނީ ކޯސްޓްގާރޑާއި އެރިސޯޓިގެ މުވައްޒަފުން ކުރި މަސައްކަތުން ކަމަށެވެ. މިހާދިސާ ހިނގަން މެދުވެރިވީ އޮއި ބާރުވެ މާދުރަށް އެދމިހުންަށް ދެވުން ކަމަށާއި ފެނުނު އިރު ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. 

 

އެދެމީހުން ގެއްލިފައި ވަނީ އދ.ދިގުރަށާއި އެ އަތޮޅު ދަނގެއްޗާ ދެމެދުގައި އޮންނަ ޑައިވިން ސްޕޮޓެއް ކަމަށްވާ، "ކުޑަރަށް ތިލަ" އަށް ޑައިވް ކުރަން ފޭބި ފަހުންނެވެ. އެހެންނަމަވެސް މިދެމީހުން ފެނިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. 

 

އެއީ ސަން އައިލެންޑްގެ ޓޫރިސްޓަކާއި އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި ޑައިވިން އިންސްޓްރަކްޓަރެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް