ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 12:43
ވަކީލުންތައް ގާނޫނު އަސާސިގެ ބޮޑު ކޮޕީއެއް ބަންޑާރަނައިބަށް ވެދުން ކުރި
ވަކީލުންތައް ގާނޫނު އަސާސިގެ ބޮޑު ކޮޕީއެއް ބަންޑާރަނައިބަށް ވެދުން ކުރި
މުހައްމަދު ޝަރުހާން
ވަކީލުން ސަސްޕެންޑް ކުރުން
ވަކީލުން ސަސްޕެންޑް ކުރުން: ބޭރުގެ ހުރިހާ ބޮޑެތި މީޑިއާއެއްގަ، ބައިނަލްއަގްވާމީ ފާޑުކިޔުން
އާންމުކޮށް ވަކާލާތު ކުރައްވާ 56 ވަކީލުން ސަސްޕެންޑް ކުރީ މިމަހުގެ 10 ވަނަ ދުވަހު
ޣައިރު ގާނޫނީ ލިޔުމެއް ލިޔެ އޭގައި ސޮއިކުރި ކަމަށް ބުނެ
ކެނެޑާ، ޔޫކޭ، އީޔޫގެ ފާޑުކިޔުން އަމާޒުވެފަ

ޝަރުއީ ދާއިރާގައި ހުރި އިސްލާހުކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތްކުރި ޕެޓިޝަނުގައި ސޮއިކުރި 56 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމުން އެކި ގައުމުތަކުން ފާޑު ކިޔައިފި އެވެ.

ބޭރުގެ ހުރިހާ ބޮޑެތި މީޑިއާތަކުގައި ވަކީލުން ސަސްޕެންޑް ކުރި ހަބަރު ޝާއިއުކޮށްފައިވާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވީ ގާނޫނު އަސާސީ ނެގެހެއްޓުމަށް ގޮވާލުމުން ވަކީލުން ސަސްޕެންޑް ކުރުމަކީ ހިތާމަވެރިކަމެއް ކަމަށާއި މުޖުތަމައުގައި ކަންކަމާ މެދު ބަހުސް ކުރެވެންވާނެ ކަމަށެވެ.

ކެނެޑާ އިން ވެސް ވަކީލުން ސަސްޕެންޑް ކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސްރީލަންކާގައި ހުންނަ ކެނެޑާގެ އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނީ ވަކީލުން ސަސްޕެންޑް ކުރުމުން ރާއްޖޭގެ ޖުޑިޝަރީގެ މުސްތަގިއްލުކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށެވެ. 

ވަކީލުން ހުށަހަޅަން މަަސައްކަތް ކުރި ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައިގަނެފައި ވެސް ނުވާއިރު، ވަކީލުން ސަސްޕެންޑް ކުރުމުން އީޔޫ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ "ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އެޅުމުގެ" މައްސަލައެއްގައި ވަކީލުން ސަސްޕެންޑް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 

ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާ ކަމަށް ބުނެ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ވަކީލުން ބުނަމުންދަނީ ސަސްޕެންޑް ކުރިޔަސް ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. 

ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަން ބަންޑާރަނައިބު މުހައްމަދު އަނިލްއަށް ހުށަހަޅާފަ އެވެ. އަދި އޭތްރީ ސައިޒަށް ޕްރިންޓް ކޮށްފައިވާ  ގާނޫނު އަސާސީއެއް ވަކީލުން ވަނީ އަނިލްއަށް ވެދުން ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް