މާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓި ބިދޭސީއަކު ޒަހަމްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ މާލޭގައި ހަދަމުންދާ އިމާރާތަކުން އަންގާރަ ދުވަހު ހެނދުނު 10:30 އެހާކަންހާއިރު މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ވެއްޓިފައިވަނީ ބިދޭސީ މީހެއް ކަމަށާއި އޭނާ ވެއްޓިފައިވަނީ މާލެ، މަޖީދީ މަގުގައި، އޭއެޗް ބްރަދާސް ސަރަހައްދުގައި ހަދަމުންދާ އިމާރާތެއް ކަމަށެވެ. އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ ދެ ވަނަ ބުރިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އިމާރާތުން ވެއްޓުނު ބިދޭސީ މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާގެ ސްކޭންތައް ހަދަމުންދާ ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އިމަޖެންސީ ރޫމްގަ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.