މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި އެއްޗެއް ގޮވައި މީހަކު ޒަހަމް ވެއްޖެ އެވެ.
ފުލުހުން ބުނީ އަންގާރަ ދުވަހުގެހެނދުނު 10:00ގައި އެމްޕީއެލް ސަރަހައްދުގައި އެއްޗެއް ގޮވުމުގެ ސަބަބުން އައިޖީއެމްއެޗްގައި މީހަކަށް ފަރުވާ ދެއްމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ގޮވާފައި ވަނީ ތެޔޮ ޓޭންކެއް ނުވަތަ ތެޔޮ ފީފާއެއް ކަހަލަ އެއްޗެކެވެ. ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން ގޮވާފައިވަނީ ކޮން ކަހަލަ އެއްޗެއް ކަމެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެމްޕީއެލްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެމްޕީއެލްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.