ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 00:48
ޓެލެތޯނުން ލިބުނު ފައިސާތައް ގުނަނީ
ޓެލެތޯނުން ލިބުނު ފައިސާތައް ގުނަނީ
ޓްވިޓަރ
ރޮހިންޖާ
ޓެލެތޯނަށް ލިބުނު ފައިސާ ރައްކާތެރިކަމާއެކު އުފުލައިދިނުމަށް ގޭޖްއާ ހަވާލުކޮށްފި
މިފައިސާ އުފުލާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ސެކިއުރިޓީ ވަރުގަދަ ފޮއްޓެއްގައި
މިފައިސާ ރޮހިންޖާ މުސްލިމުންނާ ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރެޑްކްރެސެންޓް މެދުވެރިކޮށް

ދިވެހިރައްޔިތުންގެ ނަމުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން އިސްނަގައިގެން ހިންގި ޓެލެތޯނަށް ލިބުނު ފައިސާ ރައްކާތެރިކަމާއެކު އުފުލައިދިނުމަށް ގޭޖް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެއްޖެއެވެ.

ރާއްޖެ ޓީވީން އިންތިޒާމުކޮށްގެން ބޭއްވި ޓެލެތޯނަށް ހަތަރު މިލިއަން ރުފިޔާ ލިބިފައިވާއިރު، ގޭޖް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ހަސަން ހަމީދު ވިދާޅުވީ އެ ފައިސާ އުފުލައިދިނުމުގައި އެކުންފުނިން ބޭނުން ކުރާނީ ވަރަށް ރައްކާތެރި ފީޗަރސް ތަކެއް އެކުލެވޭ އެއްތަނުން އަނެއްތަނަށް ފައިސާ ޓްރާންސްފަރ ކުރުމުގައި ދުނިޔޭގެ ފެންވަރުގައި ބޭނުން ކުރާ ފޮށިތަކެއް ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެފޮށިތަކުގައި ފައިސާ އުފުލަނިކޮށް ބަޔަކު އައިސް އެއިން ފޮއްޓެއް ޖަހައިގެން ފިލަން އުޅެފިނަމަ ވަގުތުން އެފޮށީގެ ރިމޯޓްގެ ބަޓަނަކަށް ފިއްތާލެވޭނެ ކަމަށާއި އެޔާއެކު ފޮއްޓަށް ކަރަންޓް އަންނާނެ ކަމަށެވެ. އަދި އެޔާއެކު ފޮށި ހިފައިގެންދާ މީހެއްގެ ގަޔަށްވެސް ކަރަންޓް އައިސް އެމީހަކު ވެއްޓޭވަރުގެ ވަރުގަދަ ޝޮކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފޮށި ގެންގޮސް ކަފާލާ އެއަށް ގެއްލުމެއް ދޭން އުޅުނަސް ހަމަ އެގޮތައް ކަރަންޓް އަންނާނެ،" ހަމީދު ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ޗީފް އިޕަރޭޓީން އޮފިސަރު ފިޔާޒު ވިދާޅުވީ މިފަދަ އިންތިޒާމުތަކެއް ހަމަޖެއްސީ، ޓެލެތޯނަށް ލިބުނު ފައިސާއަކީ ދިވެހިރައްޔިތުންގެ ފައިސާ ކަމަށް ގަބޫލުކުރާތީ ވީހާ ވެސް ރައްކާތެރިކަމާއެކު އެ ފައިސާ ބަލަހައްޓާކަން ޔަގީންކޮށް ދިނުމަށް ކަމަށެވެ.

"އަޅުގނޑުމެންގެ ބޭނުމަކީ މި މަސައްކަތުގެ އަލިފުން ޔާއަށް ވެސް ރައްޔިތުންގެ އިތުބާރު އޮންނާނެ ގޮތަށް ކަންކަން ކުރުން،" ފިޔާޒު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 ސެޕްޓެންބަރ 2017 | އަންގާރަ 08:33
މޫސަ
ތިޔަފައިސާ ހަމަޔަން ގޭޖުއާހަވާލު ކޮއްދިނިއްޔާވެސްރަގަޅު