ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 21:30
ފަންޑް ފޮއްޓަކަށް ކުއްޖަކު ފައިސާ ހަދިޔާކުރަނީ
ފަންޑް ފޮއްޓަކަށް ކުއްޖަކު ފައިސާ ހަދިޔާކުރަނީ
މުހައްމަދު ޝަރުހާން
ރޮހިންޖާ ޓެލެތޯން
ރައްޔިތުންނަށް ޝުކުރިއްޔާ! ޓެލެތޯނަށް ލިބުނު އެހީ 3 މިލިއަން ރުފިޔާ އަށް
މިހާތަނަށް ގުނުނު ފައިސާގެ އަދަދު ތިން މިލިއަން ރުފިޔާއަށްވުރެ އިތުރު
މި ޓެލެތޯނަށް ލިބުނު ތަރުހީބު ބޮޑުވުމުގެ ސަބަބުން މި ޓެލެތޯނުގެ ވަގުތުވެސް އިތުރުކުރެވު
މި ޓެލެތޯނު 30 ގަޑިއިރަށް ކުރިޔަށް ގެންދިޔަ

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ "ދިވެހިން، ރޮހެންޖާ މުސްލިމުންނާއެކު" ޓެލެތޯނަށް ލިބުނު ފައިސާގެ އެހީގެ އަދަދު ތިން މިލިއަން ރުފިޔާއަށް އަރައި އެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް، ޝުކުރިއްޔާ، ހުރިހާ ރައްޔިތުންނަށް ޝުކުރިއްޔާ،" ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހުގެ މެންދުރު ފަހު 2.42 އިން ފެށިގެން ހޯމަ ދުވަހުގެ ރޭ 8:30 އަށް ކުރިއަށް ގެންދިޔަ މި ތެލެތޯނަކީ އަމިއްލަ ޓީވީ ސްޓޭޝަނަކުން އިސްނަގައިގެން ހިންގި އެންމެ ކާމިޔާބު ޓެލެތޯން ކަމަށެވެ.

"ތިރީސް ގަޑިއިރުތެރޭގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އަޅުގަނޑުމެންގެ ޓެލަތޯނަށް ލިބިގެން މިދިއުމަކީ ވަރަށް އުފާވާ ކަމެއް، އަދިވެސް ޝުކުރު އަދާކުރަން ބޭނުން ދިވެހިރައްޔިތުންނަށް،" ފިޔާޒު ވިދާޅުވި އެވެ.

"މިހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މިހާ ބޮޑު ކާމިޔާބެއް ޓެލެތޯނަކުން ލިބިފައެއް ނޯންނާނެ. އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ދަތިތައް ވެސް ކުރިމަތިވި. ނަމަވެސް އެ ހުރިހާ ކަމެއް ގިރާކުރެވުނީ ރާއްޖެ ޓީވީގެ މުވައްޒަފުންނާއި ހެޔޮ އެދޭ ފަރާތްތަކުން ލިބުނު އެހީތެރިކަމުން އަދި ދިވެހިންގެ ދީލަތިކަމުން."

މި ފަންޑަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުންނާއި ކަންމަތީ ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލްތަކާއި ކުލަބު ޖަމިއްޔާ ތަކުން އަދި އަމިއްލަ ފަރުދުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ލިބިގެންވަނީ ގޮސްފައެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެން މި ޓެލެތޯނަށް އެހީވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށާ އަދި އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ރާއްޖެޓީވީގެ ސީއީއޯ ހުސައިން ފިޔާޒްވަނީ ޝުކުރު އަދާކޮށްފައެވެ. މި ޓެލެތޯނުގައި ރާއްޖޭގެ 19 ރަށެއްގެ ކައުންސިލުން ބައިވެރިވެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ސެޕްޓެންބަރ 2017 | ހޯމަ 21:38
ސައްޕޭ
ސާބަހޭ. ރާއްޖެ ޓީވީ، ތިޔައީ "ރ" ޓީވީ ރައްތިތުންގެ ޓީވީ، ބިރުކަޑާލާފައި އަނިޔާތަކަށް ކެއްްކުރަމުން ފަސްޖެހުމެއްނެތި ހަޤީގަތް ހާމަކޮށްދޭތީ ތިޔައީ ،ރައްޔިތުންގެ އެއްމެ މަޤުބޫލު ޓީވީ. ، ރާޖެޓީވީ އާއި ރާއްޖެ އެމްވީ ގެ ހުރިހާ ފަހުލަވާނުންނަށް އައްސަރިބަހާއި ސާބަސް