ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 15:52
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ފާޑުކިޔަން ފެށުމުން ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި
ހައްޔަކުރީ ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި، ހެކި ވެސް އެބަހުރި ކަމަށް ބުނި
ދައުވާކުރަން ކޯޓަށް ހުށަހެޅި އިރު އޮތީ ރިޝްވަތު ހިފުމުގެ ދައުވާ
ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ ގޮނޑި ގެއްލޭނެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ އަށް ބަދަލުކޮށްފި އެވެ.

ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަމުގެ ތުހުމަތުގަ އެވެ. ފާރިސްގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވަނިކޮށް، އެ މައްސަލައިގައި ދައުވާކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް މައްސަލަ ހުށަހެޅި އިރު އޮތީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ދައުލަތުގެ މުވައްޒަފެއްކަމުގައިވެ ހުރެ؛ އަދި، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުން؛ އަދި، އެ މަންފާއަކީ ޤާނޫނުގައި ހުއްދަކޮށްފައިނުވާ، ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން؛ ނުވަތަ، ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި އޮތް އެއްޗަކަށްވުމަކީ ކުށެއް ކަމަށެވެ.

ފާރިސްގެ ވަކީލުން ވަނީ، ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ރިޝްވަތު ހިފުމުގެ ދައުވާ ކުރުމުން ޕްރޮސެކިއުޓަރަ ޖެނެރަލް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ދައުވާ އިސްލާހުކޮށްފަ އެވެ. ފާރިސްގެ މައްޗަށް މިހާރު ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އެވެ.

އެ މާއްދާގައި ބުނެފައިވަނީ އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުމާއި، އެ މަންފާއަކީ ގާނޫނުގައި ހުއްދަކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން ނުވަތަ ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައިއޮތް އެއްޗަކަށްވެއްޖެނަމަ އެކަން ކުރާ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

މިއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ ގޮނޑި ގެއްލޭނެ އެވެ.

ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ފަށާފައިނުވާއިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެ ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ފާރިސްގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ސެޕްޓެންބަރ 2017 | ހޯމަ 20:21
ޓޫޓޫ
މައްސަލައެއްގައި ދައުވާކުރަން ބަންދުކުރިތާ 2 މަސްވީފަހުން މިއެގެނީ ކުރެވުނީ ނުބައިދައުވާއެއްކަން. ބަންދު އިތުރުކޮއްދިންގާޒީންނައް ވެސް މިކަން ނޭގުނީބާ؟ ނޫނީ މައްސަލަ ހުށަހެޅި ފަރާތާއި ގާޒީންވެސް މި އަމަލު ކުރަނީ "ވަކިމީހަކު" ބުނާ ގޮތަކައް.
11 ސެޕްޓެންބަރ 2017 | ހޯމަ 15:55
ސައްޕޭ
ތިޔައިން ދޭހަވަނީ އެއްވެސް އަސާސެއްގެ ނެތް ދޮގު އިލްޒާމެއް ބޮލުއަޅުވަން އުޅޭހެން، ތިޔައީ ސަރުކާރަކުން އެޤައުމުގެ ރައްޔިތަކަށް ކޮށްފާނެކަމަށް ، ، ހިތަށްވެސް ނާރާކަމެއް