ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 09:16
ޓެލެތޯންގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް މީހަކު އެހީވަނީ
ޓެލެތޯންގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް މީހަކު އެހީވަނީ
މުހައްމަދު ޝަރުހާން
ޓެލެތޯންގެ ވަގުތު އިތުރުކޮށްފި
ގިނަ ބައެއްގެ އެދުމުގެ މަތިން ޓެލެތޯންގެ ވަގުތު އިތުރުކޮށްފި
ވަގުތު އިތުރުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ 20:30 އާއި ހަމައަށް
ޓެލެތޯންގައި ގިނަ ފަންޑު ފޮށިތަކެއް ބަހައްޓާފައިވޭ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ލިބިފައި

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯންގެ ވަގުތު އިތުރުކޮށްފިއެވެ.

ރާއްޖެޓީވީގެ މެނޭޖްމަންޓުން ބުނީ، ޓެލެތޯން ކުރިއަށްގެންދާ ވަގުތު މިރޭ 8:30އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށާ، ވަގުތު އިތުރުކުރުމަށް ނިންމީ ގިނަ އަދަދެއްގެ ރައްޔިތުން އެގޮތަށް އެދެމުންދާތީ ކަމަށެވެ. ކުރިން 24 ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިއޮތް މި ޓެލެތޯން މިހާރު 30 ގަޑިއިރަށް ވަގުތު އިތުރުކުރިއިރު، ޓެލެތޯންގެ ތެރެއިން ހުޅުވާފައިވާ ފަންޑަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ދަނީ ލިބެމުންނެވެ.

ޓެލެތޯންއަށް އެހީތެރިވުމުގެ ގޮތުން އެސްއެމްސް މެދުވެރިކޮށް ފާއިސާގެ އެހީ ފޯރުކޮށްދެވޭއިރު، އެކައުންޓަށް ފާއިސާ ޖަމާކޮށްގެންނާއި އަދި ފަންޑު ފޮށިތަކަށް ފާއިސާ ހަދިޔާކޮށްގެންވެސް އެހީީ ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ މި ޓެލެތޯންއަށް ލިބިފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކު އާއި ގިނަ ރަށްރަށުގައި ވަނީ ފަންޑު ފޮށި ބަހައްޓާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
11 ސެޕްޓެންބަރ 2017 | ހޯމަ 11:11
ބެއްޔާ
ތިޔަ ފައިސާ ދިވެހި ސަރުކާރުގެ ވަގުންނާ ހަވާލުކޮއްފިނަމަ ދެން ދުވަހަކުވެސް ތިޔަ ފަދަ ތެލަތޯންއެއް ރާއްޖެ ޓީވީން ބޭއްވިޔަސް އެންމެ ފައިސާ ފޮއްޗެއްވެސް ނުދޭނަން
11 ސެޕްޓެންބަރ 2017 | ހޯމަ 10:46
ސައްޕޭ
ތިޔަފައިސާ ސަރުކާރާ ޙަވާލުކޮށްފިއްޔާ އެއަށްވާނެ ގޮތެއް ނޭގޭ، އެވެރިންނަށް މިކަހަލަ ކަމަކަށް އިސްނަގަންނުކެރިގެން އުޅެނިކޮށް ރާއްޖެޓީވީން އިސްނަގާގެން މިފަދަ މާތްމަސައްކަތް ފެށީމަ އަދިރައްޔިތުން ޖޯކުޖަހަންފެށީމަ އެބައުޅޭމިކަހަލަ ކަމެއްކުރަން، އެއްމެފަހުވަގުތު މިވެރިން އަތުންު ލާރިކޮޅުނުގެއްލިއްޖެއްޔާ ރަގަޅޫ