ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އައްޑޫ ސިޓީގެ އެމްޑީޕީ ހިތަދޫ ގޮފިން އިސްނަގައިގެން މިއަދު ފަންޑު ފޮއްޓެއް ބެހެއްޓުމަށް ނިންމައިފި އެވެ.
މިފަންޑު ފޮށި ހުންނާނީ ހިތަދޫ އެމްޑީޕީ ހަރުގޭގައެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން ޓެލެތޯން ނިމެންދެން ފަންޑު ފޮއްޓަށް ފާއިސާ ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:30 އިން ފެށިގެން ހޯމަ ދުވަހުގެ 14:30 އާއި ހަމައަށް ކުރިއަށްގެންދާ މިޓެލެތޯންއަށް ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހާތަނަށް އެއް ލިމިއަނަށް ވުރެ ރުފިޔާ ލިބިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެން ހަރަކާތްތަކަށް ދަނީ ހިންގަމުންނެވެ.
އެހެންކަމުން ހިތަދޫގައި ބަހައްޓާ ފަންޑު ފޮއްޓަށް ވީހާވެސް ގިނަ ފަރާތްތަކުގެ އެހީތެރިކަން ދެއްވުމަށް އެފަރާތްތަކުން ވަނީ އެދެފައެވެ.