ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 00:04
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ބެހެއްޓި ފަންޑު ފޮއްޓަކަށް މީހަކު ފައިސާ ހަދިޔާކުރަނީ
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ބެހެއްޓި ފަންޑު ފޮއްޓަކަށް މީހަކު ފައިސާ ހަދިޔާކުރަނީ
މުހައްމަދު ޝަރުހާން
ރޮހިންޖާ ޓެލެތޯން
ދިވެހިރައްޔިތުންނަށް ޝުކުރިއްޔާ! ޓެލެތޯނަށް 1 މިލިއަން ރުފިޔާ ލިބިއްޖެ
މި ޓެލެތޯނަށް ލިބުނު އެހީގެ އަދަދު އެއް މިލިއަން ރުފިޔާއަށް އަރާފައި ވަނީ މިރޭ 12:00 ގަ
ޓެލެތޯން ނިންމާލާނީ ހޯމަ ދުވަހުގެ 14:42 ގަ
މިއީ ވަރަށް ބޮޑު ކާމިޔާބެއް

ރާއްޖެ ޓީވީން އިސްނަގައިގެން ކުރިއަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް އެއް މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއަދު މެންދުރު 2:42 ގައި ފަށާފައިވާ މި ޓެލެތޯނަށް ލިބުނު އެހީގެ އަދަދު އެއް މިލިއަން ރުފިޔާއަށް އަރާފައި ވަނީ މިރޭ 12:00 ގަ އެވެ.

"ދިވެހި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ވަރަށް ބޮޑު ކާމިޔާބެއް. އަޅުގަނޑުމެން ކަނޑައެޅި ޓާގެޓް މި ވަނީ ހަމަވެފައި،" ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 10 ގަޑިއިރު ތެރޭގައި އެއް މިލިއަން ރުފިޔާގެ ލިބިގެން ދިއުމުން ކަށަވަރުވަނީ ހާލުގައި ޖެހިފައިވާ މުސްލިމުން އަޚުންނާއި އުޚުތުންނަށް ދިވެހިންގެ ހިތުގައި އޮތް ހަމްދަރުތީ އާއި ދިވެހިންގެ ދީލަތި ކަމެވެ.

މި ފަންޑަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުންނާއި ކަންމަތީ ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލްތަކާއި ކުލަބު ޖަމިއްޔާ ތަކުން އަދި އަމިއްލަ ފަރުދުން ވެސް ދަނީ އެހީތެރިވަމުންނެވެ.

"ބައެއް ފަރުދުން އެބަހުރި އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވެސް ހަދިޔާކޮށްފައި. ތުއްތު ތުއްތު ކުދިން އެބަ އާދޭ އުފަންދުވަހަށް ހަދިޔާ ގަންނަން އެއްކޮށްފައި ހުރި ލާރިކޮޅު ފަންޑަށް ހަދިޔާކުރުމަށް. ހަގީގަތުގައި ވެސް ދިވެހިންނަކީ ނަމޫނާ ބައެއް، ފަންޑަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ފަށްފަށުން ޝުކުރިއްޔާ،" ފިޔާޒު ވިދާޅުވި އެވެ.

ކައުންސިލްތަކުން އިސްނަގައިގެން ޓެލެތޯނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ވެސް ފިޔާޒު ޝުކުރު އަދާކުރެއްވެވި އެވެ.

"ރަށްރަށުގައި ވެސް މި ހިންގާ ހަރަކާތްތަކަކީ ވަރަށް ފާހަގަކޮށްލެވޭ ހަރަކާތްތަކެއް. ބައެއް ރަށްރަށުން ވަރަށް ފުރިހަމަ ނަމޫނާއެއް ދަނީ ދައްކަމުން،" ފިޔާޒު ވިދާޅުވި އެވެ.

ރާއްޖެ ޓީވީން އިސް ނަގައިގެން 24 ގަޑިއިރަށް ކުރިއަށް ގެންދާ ޓެލެތޯން ނިންމާލާނީ ހޯމަ ދުވަހުގެ 14:42 ގަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ސެޕްޓެންބަރ 2017 | ހޯމަ 00:54
އިންޒާރު
ހަޤީޤަތަކީ ރަކިން ސްޓޭޓްގައި މިހާރު އެ ހިންގާ ޖަރީމާތަކަކީ ޗައިނާ އަޑީގައި އޮވެގެން ކުރާ ކަންތައް ގަނޑެކެވެ. ސަބަބަކީ އެމީހުންގެ ސިލްކް ރޯޑް، މިޔަންމާގައި ޤާއިމް ކުރުން. ސީދާ ޗައިނާ އިން ރަކިން ސްޓޭޓްގެ އައްސޭރިފަށަށް ޓްރެއިން ރޫޓެއް ޤާއިމް ކުރުމާއި، ރަކިން ސްޓޭޓްގައި އެމީހުންގެ މިލިޓަރީ ބޭސް އެއް ޤާއިމް ކުރުން. އަދި އެތަނުގައި ބިޔަ ބޮޑެތި އިންވެސްޓްމަންޓްސްތައް ޤާއިމް ކުރުން. ސަބަބަކީ އެއީ މިޔަންމާގެ އައްސޭރި ފަށުން ބޭ އޮފް ބެންގަލް ކަނޑަށް އަތްގަދަ ކުރުމަށް އޮތް ފުރުސަތަކަށް ވާތީ، ޗާއިނާ ސުޕަޕަވާއަށް ވުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޖަރީމާތަކެވެ. މިޔަންމާ އިންވަނީ ސިލްކް ރޯޑުގައި ބައިވެރިވެފަ. މިކަމާއި އިންޑިއާ ވަރަށް ކަންބޮޑުވޭ. ސައުދީ އާއި އެހެނިހެން ޤައުމުތަކުން ހަމަ ހިމޭނުން ތިބެނީ އެމީހުންގެ އިންވެސްޓްމެންސްތައް ރަކިން ސްޓޭޓްގައި އޮތީމާ، ރާއްޖޭގެ ފ އޮތަޅު މިލްކު ކުރަން ބޭނުންވި ފަދައިން.. ރަކިން ސްޓޭޓްގެ އައްސޭރިފަށުގެ ޖަޒީރާ ރައްތައް ގަނެލަން. އެހެންކަމުން. މުޅި ރަކިން ސްޓޭޓް ސާފުކޮށް ބިން ހުސްކުރުމުގެ މަޝްރޫއެއް ކުރިޔަސް ދަނީ.