ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 23:22
ސުޕްރީމް ކޯޓުގެ ބޭރުގައި ޒާތީ ތައައްސުބުން އެއްކިބާވެ އިންސާފު ގާއިމްކުރުމަށް ގޮވާލައި ވަކީލުން
ސުޕްރީމް ކޯޓުގެ ބޭރުގައި ޒާތީ ތައައްސުބުން އެއްކިބާވެ އިންސާފު ގާއިމްކުރުމަށް ގޮވާލައި ވަކީލުން
ރާއްޖެ އެމްވީ
ވަކީލުން ސަސްޕެންޑް
އިސްލާހީ މަސައްކަތް ފެށުމާއެކު 54 ވަކީލުން ސަސްޕެންޑް ކޮށްފި
އާންމުކޮށް ކޯޓްތަކަށް ވަކާލާތު ކުރެއްވުމަށް ވަޑައިގަންނަވާ ވަކީލުން
ޕެޓިޝަނަކީ ޣައިރު ގާނޫނީ ލިޔުމެއް، އުޅުނީ ނުފޫޒު ފޯރުވަން
ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދަނީ

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމުގެ މަސައްކަތް ފެށުމާއެކު 54 ގާނޫނީ ވަކީލުން ސަސްޕެންޑް ކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ، ބައެއް ވަކީލުންދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާ ކުރެވިފައިވާ ކަމަށެވެ.

އާންމުކޮށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާ 56 ވަކީލެއް ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނުގައި ވަކީލުންގެ ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ޝަރީއަތް ކުރެވެމުންދާ ގޮތާއި، ޓެރަރިޒަމުގެ ހަގީގީ މާނަ އޮޅުވާލައިގެން ދައުވާ ކުރުމާއި، މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި، ކުރެވެމުންދާ ހުކުމްތަކާއި، ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުން ފަދަ ކަންތައްތަކަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުމާއި، އެއްވެސް ސަބަބެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އެޅުމާއި، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ހިންގަމުންދާ ގޮތާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތު އަދާނުކުރުން ފަދަ ކަންކަމާ މެދު ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު އަދި ގާނޫނީ ވަކީލު ހުސްނުއް ސައޫދުއާއި މަހުފޫޒް ސައީދުއާއި މޫސާ ސިރާޖުއާއި، އަނަސް އަބްދުއްސައްތާރާއު، ނާޒިމް ސައްތާރާއި، ހިސާން ހުސެއިންއާއި، އިބްރާހިމް ރިފްއަތުއާއި ހަސަން ލަތީފް އާއި އިމްތިޔާޒު ފަހުމީއާއި އަލީ ޒާހިރުއާއި މާރިޔާ އަހުަމަދު ދީދީ ހިމެނެ އެވެ. 

އެ ލިސްޓުގައިވާ 54 ވަކީލުންނަކީ އާންމުކޮށް ކޯޓުތަކަށް ވަކާލާތު ކުރައްވަން ވަޑައިގަންނަވާ ވަކީލުންނެވެ. އެ 54 ވަކީލުންނަކީ ވެސް ޕެޓިޝަނުގައި ސޮއިކުރެއްވި ވަކީލުންނެވެ.

ސަސްޕެންޑް ކުރި 54 ވަކީލުންގެ އިތުރުން ދެން އެ ޕެޓިޝަނުގައި ސޮއިކުރެއްވީ ހުސެއިން ޝަމީމް އާއި އަލީ ހުސެއިން އެވެ. އެ ދެ ބޭފުޅުން ޕެޓިޝަނުގައި ސޮއިކުރެއްވި އިރު ވެސް ތިއްބެވީ ސަސްޕެންޑް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް