ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 17:01
އުސްފަސްގަނޑު ހެލިޕޭޑްގައި ހެލިކޮޕްޓަރު ޖައްސަނީ
އުސްފަސްގަނޑު ހެލިޕޭޑްގައި ހެލިކޮޕްޓަރު ޖައްސަނީ
ރާއްޖެ އެމްވީ
އުސްފަސްގަނޑު ހެލިޕޭޑް
އުސްފަސްގަނޑުގައި ހަދައިފައިވާ ހެލިޕޭޑް ޓެސްޓިން ފަށައިފި
ހެލިޕޭޑް ކުރިން އޮތީ ރާޅުގަނޑު ސަރަަހައްދުގައި
އެމަރޖެންސީކޮށް މާލޭގައި ހެލިކޮޕްޓަރު ޖެއްސޭނެ ގޮތްވުމުން ބަލިމީހުން މާލެ ގެނައުމަށް ފަސޭހަވާނެ

އެމްއެންޑީއެފް އިން އުސްފަސްގަނޑުގައި ހަދާފައިވާ ހެލިޕޭޑްގެ ލޭންޑިން ޓެސްޓްތައް ކޮށްފި އެވެ.

އުސްފަސްގަނޑުގެ ޓްރެކް ސަރަހައްދާ ދިމާލުގައި ހެލިކޮޕްޓަރުގެ ލޭންޑިންގް ޓެސްޓްތައް ކުރިއަށްގެންގޮސްފައިވަނީ މެންދުރު 02:10 ހާއިރު އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމު ވިދާޅުވީ، ހެލިޕޭޑްގެ ޓެސްޓިން މަސައްކަތުގެ ތެރެއިން މިއަދު ހެދިގެން ދިޔައީ އެމަރޖެންސީކޮށް ހެލިކޮޕްޓަރު ލޭންޑު ކުރާނެ ތަނެއް ކަނޑއެޅުމަށް ހަދާ ޓެސްޓެއް ކަމަށެެވެ.

އެގޮތުން  ހޮނިހިރު ދުވަހު މެންދުރު ކުރިޔަށް ދިޔަ ޓެސްޓުތަކުން ދާއިމީ ގޮތެއްގައި އެތަނަކީ  ހެލިކޮޕްޓަރު ލޭންޑު ކުރުމަށް ރަގަޅު ތަނަކަށް  ވެއްޖެނަމަ   ބަލިމީހުން މާލެ ގެނައުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މީގެ ކުރިން އެމަރޖެންސީ ހާލަތްތަކުގައި ހެލިކޮޕްޓަރު ލޭންޑްކުރަމުން އައިސްފައި ވަނީ ރާޅުގަނޑު ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ހެލިޕޭޑަށެވެ. އެހެން ނަމަވެސް ބްރިޖު އެޅުމަށްޓަކައި އެ ސަރަހައްދު ބަންދު ކުރުމުގެ ސަބަބުން އެމަރޖެންސީކޮށް ބަލިމީހުން ގޮވައިގެން އަންނަ ދަތުރުތަކުގައި ހެލިކޮޕްޓަރު ޖައްސަމުން އައީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓަށެވެ.

  ހެލިކޮޕްޓަރު ލޭންޑް ކުރި ސަރަހައްދަށް ގިނަ ބަޔަކު އެމަންޒަރު ބެލުމަށް މިއަދު އެއްވެފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް