Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 18:53
ރާއްޖޭގެ ގިނަ ސްކޫލް ތަކުން މިހާރު ބޭނުންކުރާ ޔުނިފޯމް އަކީ، ސުކޫލު ތަކުގެ ތާރީހާއި ގުޅިފައިވާ ޒާމާންވީ ޔުނިފޯމް ތަކެއް
ރާއްޖޭގެ ގިނަ ސްކޫލް ތަކުން މިހާރު ބޭނުންކުރާ ޔުނިފޯމް އަކީ، ސުކޫލު ތަކުގެ ތާރީހާއި ގުޅިފައިވާ ޒާމާންވީ ޔުނިފޯމް ތަކެއް
މުހައްމަދު ނަޝީދު / ޓްވިޓަރ
ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމް
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު
2027 ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލުތަކުގެ ހުރިހާ ދަރިވަރުންގެ ޔުނިފޯމް އެއް ޑިޒައިނަކަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ
މި އުސޫލުގައިވާ ގޮތުން ޔުނީފޯމުގައި ބޭނުންކުރެވޭނީ ހަމައެކަނި މިނިސްޓްރީން ކަނޑައަޅާފައިވާ 4 ކުލައެއް

އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރު ސްކޫލްތަކު ގެ ދަރިވަރުން ގެ ޔުނިފޯމް އަށް ގެންނަން ނިންމާފައިވާ ބަދަލުގެ ސަބަބުން، ބެލެނިވެރިން އަތުން 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށް ކުރީ ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީގެ އުސޫލަށް ފާޑުވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ 90،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ޔުނީފޯމަށް އެންމެ މަދުވެގެން ވެސް 900 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ބެލެނިވެރިން އަތުން ޖުމްލަ 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ. ޔުނީފޯމް ބަދަލުކުރުމަކީ ޚަރަދު ބޮޑު، ބޭކާރު ކަމެއް ކަމަށާއި، މިހާރުވެސް ދަރިވަރުން ތިބެނީ އެކަށީގެންވާ މިންވަރަށް ނިވާގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ 2027 ވަނަ އަހަރުން ފެށިގެން، ސަރުކާރު ސްކޫލުތަކުގެ ދަރިވަރުން ގެ ޔުނިފޯމަށް ބަދަލު ގެންނަކަން އިއުލާންކޮށް، އުސޫލު އާންމުކޮށްފަ އެވެ. މި އުސޫލުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ހުންނާނީ އެއް ޑިޒައިނަކަށެވެ. އަދި ޔުނީފޯމުގައި ބޭނުންކުރެވޭނީ ހަމައެކަނި މިނިސްޓްރީން ކަނޑައަޅާފައިވާ 4 ކުލައެކެވެ. މި އުސޫލުގައި ގްރޭޑް 4 އިން ފެށިގެން މަތީގެ ހުރިހާ އަންހެން ދަރިވަރުން ސްކާޓުގެ ތިރިން ހަރުވާޅު ލުމަށްވެސް ވަނީ މަޖުބޫރުކޮށްފަ އެވެ. މި ބަދަލުތަކަކީ ބެލެނިވެރިންގެ މާލީ ބުރަ އިތުރުކުރާނެ ބަދަލުތަކެއް ކަމަށް ބުނެ، މިނިސްޓްރީ ގެ މި ނިންމުމަށް ގިނަ ފަރާތްތަކުން ވަނީ ފާޑުކިޔާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މި ބަދަލު ގެނައި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. މިނިސްޓްރީ އިން ބުނީ މި ބަދަލުތައް ގެނައީ ސްކޫލުތަކުގެ އިސްވެރިންނާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. މިކަމުގައި ބެލެނިވެރިންނާ އެއްވެސް މަޝްވަރާ އެއް ކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުން ގިނަ ބެލެނިވެރިން ވަނީ ފާޅުކޮށްފަ އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމަށް، 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކާ އެކު، ޔުނިފޯމް ހޯދުން ފަސޭހަވާނެ ކަމަށް ބުނެފަ އެވެ.

- ކޮމެންޓް