ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 12:09
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މުހައްމަދު ޝަރުހާން
މަސްތުވާތަކެތީގެ މައްސަލަ
މަސްތުގެ ހާލަތުގައި ހުރި ރައީސް ޔާމީންގެ ބޮޑީގާޑެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ދައުވާ އުފުލައިފި
ހައްޔަރުުކުރީ މަސްތުވާތަކެތި ދޯންޏަކަށް ލާން ގޮސް ހުއްޓާ
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފަ
ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ދެ ބާވަތަކަށް ޕޮޒިޓިޒް

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ބޮޑީ ގާޑަކު ހައްޔަރުކޮށް، ދައުވާ އުފުލައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންގެ ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން(ޕީއެސްޑީ) ގައި މަސައްކަތްކުރާ ސާޖެންޓް އަހުމަދު ސުޖީތު ހައްޔަރުކުރީ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. 

އޭނާ ހައްޔަރުކުރީ ރަށަކަށް ފުރަން ތައްޔާރުވެފައި އޮތް ދޯންޏަކަށް މަސްތުވާތަކެތި ލާން ގޮސް ހުއްޓާ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. 

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ހުށަހެޅި ފޯމުގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބުންނާއި އޭނާގެ އަތުގައި އޮތް ކޮތަޅަކުންނެވެ. އޭނާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު ކެނެބިސް އާއި އެމްޕަޓަމިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ފޯމުގައި ބުނެފައިވެއެވެ.

އޭނާ ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް އަންގާފަ އެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފަ އެވެ. ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ. އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.

ސުޖީތު އަކީ ރައީސް ޔާމީންގެ ސެކިއުރިޓީގައި އާންމުކޮށް ފެންނަމުންދިޔަ އޮފިސަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް