ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 10:31
މޯލްޑިވިއަނުގެ އެއަރބަސް
މޯލްޑިވިއަނުގެ އެއަރބަސް
ގޫގުލް
މޯލްޑިވިއަންގެ ދަތުރުތައް
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ
މިދަތުރުތައް ފަށަނީ ޗައިނާގެ ހަންގްޒޫއަށް
ސެޕްޓެމްބަރ 15ގައި ދަތުރު ފަށާނެ

ޗާއިނާގެ އިތުރު މަންޒިލަކަށް މޯލްޑިވިއަންއިން ދަތުރު ފަށަން ނިންމައިފި އެވެ.

އައިލެންޑް އެވިއޭޝަން ސަރވިސަސް އިން ބުނީ މިއީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން އަލަށް ދަތުރުފަށާ މަންޒިލެއް ކަމަށާއި އެގޮތުން ދަތުރު ފެށުމަށް ނިންމާފައިވަނީ ޗައިނާގެ އިތުރު ސިޓީއެއް ކަމަށްވާ ހަންގްޒޫ އަށެވެ.

މިދަތުރުތައް ފެށުމުގެ ގޮތުން އަންނަ ފުރަތަމަ ފްލައިޓް 15 ސެޕްޓެމްބަރގެ ހެނދުނު 6:20 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަނުން މިހާރުވެސް ޗައިނާގެ އެކި މަންޒިލްތަކަށް ދަތުރުކުރަމުންދެ އެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު ބޮޑު ހިއްސާއެއް އޮންނަ އެއް މާކެޓެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް